Ads by Farudhun

ޚަބަރު

ފެރިދޫ ބަނދަރު ހެދުމުގެ މަޝްރޫއުގައި މިހާރު ކުރިއަށް ދަނީ ބޮލާޑް ޖެހުމުގެ މަސައްކަތް

ފެރިދޫ ބަނދަރު ހެދުމުގެ މަޝްރޫއުގައި މިހާރު ކުރިއަށް ދަނީ ބޮލާޑް ޖެހުމުގެ މަސައްކަތް

އއ. ފެރިދޫގެ ބަނދަރު ހެދުމުގެ މަޝްރޫއުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

02 ޖުލައި 2026، 09:33

02 ޖުލައި 2026، 09:33

އއ. ފެރިދޫގެ ބަނދަރު ހެދުމުގެ މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދަނީ ބޮލާޑް ހަރުކުރުމުގެ މަސައްކަތްކަން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އެމްޓީސީސީއިން ބުނެފައިވަނީ، ބަނދަރުގައި ދޯނި ބަނުމަށް ބޭނުންކުރާ ބޮލާޑް ޖެހުމުގެ މަސައްކަތަށް އެ ސަރަހައްދު މިހާރު ކޮންނަމުންދާ ކަމަށެވެ. 



މިއީ ސަރުކާރުން 47.04 މިލިއަން ރުފިޔާއަށް އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކަމަށް ވާއިރު، މަޝްރޫއުގެ ދަށުން، 23،579 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި، 7،848 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ. ހަމަ އެހެންމެ، 4،268 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 47 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 213 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް އެމްޓީސީސީން ވަނީ ކުރިން ވިދާޅުވެފައެވެ. 

އަދި މީގެ އިތުރުން، 403 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ރޭމްޕެއް ހެދުމާއި، 12 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމުގެ މަސައްކަތް ވެސް ކުރިއަށްދާނެކަމަށް ވަނީ އެ ކުންފުނިން މަޢުލޫމާތުދީފައެވެ. ހަމަ އެއާއެކު، 80 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 2،481 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450