Ads by Farudhun

ޚަބަރު

ކެނދިކުޅުދޫ ފެން ޕްލާންޓް ސާފުކުރުމުގެ ހަރަކާތެއް ފެނަކައިން ކުރިއަށް ގެންގޮސްފި

ކެނދިކުޅުދޫ ފެން ޕްލާންޓް ސާފުކުރުމުގެ ހަރަކާތެއް ފެނަކައިން ކުރިއަށް ގެންގޮސްފި

ނ. ކެނދިކުޅުދޫގައި ޤާއިމުކޮށްފައިވާ ފެން ޕްލާންޓު ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: ފެނަކަ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

02 ޖުލައި 2026، 10:33

02 ޖުލައި 2026، 10:33

  ނ. ކެނދިކުޅުދޫގައި ޤާއިމުކޮށްފައިވާ ފެން ޕްލާންޓު ސާފުކުރުމުގެ މަސައްކަތެއް ގެންގޮސްފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި މިކަން ހާމަކޮށް ފެނަކައިން ބުނެފައިވަނީ މި ހަރަކާތަކީ، ރަށުގެ ރައްޔިތުންނަށް ފޯރުކޮށްދޭ ފެނުގެ ޚިދުމަތުގެ ފެންވަރު މަތިކޮށް، ފެން އުފައްދާ ނިޒާމުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ކުރިއަށް ގެންދެވުނު މުހިންމު މަސައްކަތެއް ކަމަށެވެ.  

އަދި މި މަސައްކަތުގެ ތެރެއިން ވަނީ ފެން ޕްލާންޓް ހުރި ސަރަހައްދުގެ އިތުރުން، ޕްލާންޓްގެ އެކި ބައިތައް ވަރަށް ފުރިހަމައަށް ސާފުކޮށްފައި ކަމަށް ފެނަކައިން މައުލޫމާތުދެއެވެ. 



އެކުންފުނިން ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ހަރަކާތެއް ހިންގުމުގެ މައިގަނޑު މަޤްސަދަކީ ރައްޔިތުންނަށް ދެވިގެންދާ ޚިދުމަތްތައް ވީހާވެސް އިތުރަށް ހަރުދަނާކޮށް، ރަށްރަށުގައި ޤާއިމުކޮށްފައިވާ އެކިއެކި އުމްރާނީ ވަސީލަތްތައް އެންމެ އެދެވޭ ގޮތެއްގައި ބެލެހެއްޓުމެވެ.

ރާއްޖޭގެ ރަށްތަކުގެ އުމްރާނީ ތަރައްޤީއަށް ފެނަކައިންދަނީ އެތައް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރަށްރަށަށް ދިމާވާ ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެކުންފުނިން ވެދެއްވާ އެހީތެރިކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450