Ads by Farudhun

ޚަބަރު

ސާކް ސަރަހައްދުގެ މަސްވެރިކަމާ ބެހޭ މަޝްވަރާ ބައްދަލުވުމެއް ރާއްޖޭގައި ފަށައިފި

ސާކް ސަރަހައްދުގެ މަސްވެރިކަމާ ބެހޭ މަޝްވަރާ ބައްދަލުވުމެއް ރާއްޖޭގައި ފަށައިފި

ކް ސަރަހައްދުގެ މަސްވެރިކަމާ ބެހޭ މަޝްވަރާ ބައްދަލުވުމެއް ރާއްޖޭގައި. ފޮޓޯ: މަސްވެރިކަމާ ބެހޭ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ޖުލައި 2026، 11:05

02 ޖުލައި 2026، 11:05

ވިޔަފާރީގެ ގޮތުން މުހިންމު ކަނޑުމަހުގެ ބާވަތްތަކާ ގުޅޭގޮތުން ސާކް ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ބާއްވާ ރީޖަނަލް ކޮންސަލްޓޭޝަން މީޓިންގް ރާއްޖޭގައި ފަށައިފިއެވެ.

މި ބައްދަލުވުމަކީ ސާކްގެ މެންބަރު ގައުމުތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމާއި، މި ދާއިރާގައި ހުރި ގޮންޖެހުންތަކާއި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޯ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މުޙައްމަދު މުއްޠަލިބް ވަނީ ބައިވެރިންނަށް މަރުޙަބާ ވިދާޅުވެފައެވެ. ސްޓޭޓް މިނިސްޓަރުގެ ވާހަކަފުޅުގައި، ސަރަހައްދީ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، އައު އީޖާދީ ގޮތްތައް ބޭނުންކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މީގެ އިތުރުން، ކަނޑުގެ ވަސީލަތްތަކަކީ ކާނާގެ ރައްކާތެރިކަމާއި، ދެމެހެއްޓެނިވި ދިރިއުޅުމުގެ ފުރުސަތުތަކާއި، އަދި ސަރަހައްދީ އިގްތިސާދީ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާ ވަސީލަތްތަކެއްކަން ސްޓޭޓް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ވިޔަފާރީގެ ގޮތުން މުހިންމު މަހުގެ ބާވަތްތައް ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ސަރަހައްދީ އެއްބާރުލުން ވަރުގަދަކުރުމެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ސާކްގެ މެންބަރު ގައުމުތަކުން މަންދޫބުން ބައިވެރިވެ، އެ ގައުމުތަކުގެ ތަޖުރިބާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މި ދާއިރާއިން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެކަށީގެންވާ ސިޔާސަތުތަކެއް އެކުލަވާލުމަށް ލިބޭ މުހިންމު ފުރުސަތެއްގެ ގޮތުގައި މަސްވެރިކަމާ ބެހޭ ވުޒާރާއިން ދެކެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450