Ads by Farudhun

ޚަބަރު

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އޮޑިޝަން ރައުންޑު ނިމުމަކާއި ގާތަށް

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އޮޑިޝަން ރައުންޑު ނިމުމަކާއި ގާތަށް

ޤުރުއާން މުބާރާތުގެ އޮޑިޝަން ރައުންޑުގައި ބައިވެރިއަކު ކިޔަވަނީ. ފޮޓޯ: ޤުރުއާނާ ބެހޭ މަރުކަޒު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ޖުލައި 2026، 02:08

02 ޖުލައި 2026، 02:08

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އޮޑިޝަންތައް ނިމުމަކާ ގާތްވެއްޖެއެވެ. މިހާތަނަށް ކ. އަތޮޅާއި މާލެ ސިޓީ ފިޔަވައި އެހެން ހުރިހާ އަތޮޅެއްގެ އޮޑިޝަންތައް ވަނީ ނިންމާލާފައެވެ.

މާލެ ސިޓީގެ އޮޑިޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 5 އިން 9 އަށެވެ. އަދި ކ. އަތޮޅުގެ އޮޑިޝަންތައް މި މަހުގެ 10 އަދި 11 ވަނަ ދުވަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

މުބާރާތުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް
މިއަހަރުގެ މުބާރާތަކީ އޮނިގަނޑަށް މުހިއްމު ބަދަލުތަކެއް ގެނައުމަށްފަހު ބާއްވާ ފުރަތަމަ މުބާރާތެވެ. މި މުބާރާތުގެ އޮޑިޝަން ބުރުގައި ޖުމްލަ 3,050 ބައިވެރިން ވާދަކުރެއެވެ. އޮޑިޝަން ބުރަށްފަހު މާލޭގައި ސެމީ ފައިނަލް ބުރު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ސެމީ ފައިނަލަށް ހޮވޭނީ އޮޑިޝަނުން ކޮންމެ ކެޓަގަރީއަކުން 80 އިންސައްތައަށްވުރެ މަތިން މާކްސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 500 ބައިވެރިންނެވެ.

މުބާރާތުގެ ފައިނަލް ބުރަށް ހޮވުމަށް ހަމަޖެހިފައިވަނީ ސެމީ ފައިނަލްގެ ކޮންމެ ކެޓަގަރީއަކުން 85 އިންސައްތައަށްވުރެ މަތިން މާކްސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 150 ބައިވެރިންނެވެ. މީގެ އިތުރުން، އައު ޤަވާއިދުގެ ދަށުން ސެމީ ފައިނަލް އަދި ފައިނަލް ބުރުގެ ފަނޑިޔާރުންގެ ޕެނަލްގައި ބައިނަލްއަޤުވާމީ ފެންވަރުގެ ފަނޑިޔާރަކު އިންނަވާނެއެވެ.

ވަނަވަނައަށް ހޮވޭ ފަރާތްތަކާއި އިނާމުތައް
މި މުބާރާތުގެ ފައިނަލްގައި ވާދަކުރާ ބައިވެރިންގެ ތެރެއިން ކޮންމެ އުމުރުފުރާއަކުން ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ބައިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާނެއެވެ. އަދި މުޅި މުބާރާތުން ބަލައިގެން، ނުބަލައި އަދި ޙާފިޡުންގެ ބައިންވެސް ގަދަ ތިން ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މުޅި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ލިބޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ރާއްޖޭގައި ބޭއްވޭ އެންމެ ޝަރަފްވެރި އަދި އެންމެ އަގުބޮޑު އިނާމުތައް ދެވޭ މުބާރާތަށް ހެއްދެވުމަށް ނިންމަވާފައެވެ. އަދި މި މުބާރާތަށް ސީދާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450