Ads by Farudhun

ޚަބަރު

ބީއެމްއެލްއަށް "އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެވޯޑް" ލިބިއްޖެ

ބީއެމްއެލްއަށް "އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެވޯޑް" ލިބިއްޖެ

ބީއެމްއެލްއަށް އެކްސަލެނެންސް އިން ޑިޖިޓަލް ފައިނޭންސް އެވޯޑް. ފޮޓޯ:އެމްއެމްއޭ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ޖުލައި 2026، 04:19

02 ޖުލައި 2026، 04:19

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް ތައާރަފުކުރި "މޯލްޑިވްސް ފައިނޭންޝަލް ސެކްޓާ އެވޯޑްސް" ގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް "އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން" އެވޯޑް ލިބިއްޖެއެވެ.

މި އެވޯޑަކީ ޑިޖިޓަލް ޓެކްނޮލޮޖީ އާއި އާ އީޖާދުތަކުގެ އެހީގައި ރާއްޖޭގެ މާލީ ހިދުމަތްތައް ޒަމާނީ ކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދިން އެވޯޑެއް ކަމަށް އެމްއެމްއޭއިން މިއަދު ވަނީ ބުނެފައެވެ.

އެމްއެމްއޭގެ 45 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދޭން ފެށި މި އެވޯޑްތަކަކީ، ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ފާހަގަކޮށްލެވޭ ފަދަ މުހިންމު ހިދުމަތްތަކެއް ކޮށްދީފައިވާ މުއައްސަސާތަކާއި ފަރުދުންގެ އަގުވަޒަން ކުރުމަށް ދެވޭ އެވޯޑްތަކެކެވެ. މީގެ ތެރޭގައި މާލީ ހިދުމަތްތައް އެންމެނަށް ފޯރުކޮށްދިނުމާއި، ޑިޖިޓަލް ފައިނޭންސްގެ އިތުރުން ގްރީން ފައިނޭންސް ފަދަ ދާއިރާތައް ހިމެނެއެވެ.

އެމްއެމްއޭއިން ބުނިގޮތުގައި "އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން" ކެޓަގަރީއިން އެވޯޑް ދެނީ، ޑިޖިޓަލް ޓެކްނޮލޮޖީ އާއި އާ އީޖާދުތައް ބޭނުންކޮށްގެން މާލީ ހިދުމަތްތަކަށް އިންގިލާބީ ބަދަލުތަކެއް ގެނެސް، ކަސްޓަމަރުންގެ ތަޖުރިބާ އާއި ހިދުމަތް ދިނުމުގެ ހަލުވިމިނާއި މާލީ ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގުފަހިކޮށްދީ، މުޅި މާލީ ބާޒާރު ކުރިއެރުވުމަށް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ފަރާތްތަކަށެވެ.

ބީއެމްއެލަށް މި އެވޯޑް ލިބުނީ ރާއްޖޭގެ ބޭންކިން ދާއިރާ ޒަމާނީ ކުރުމަށް އެ ބޭންކުންކޮށްފައިވާ ބޮޑެތި އިންވެސްޓްމަންޓްތަކާއި މުޅި ރާއްޖެއަށް ޑިޖިޓަލް ބޭންކިން ހިދުމަތްތައް ތައާރަފުކޮށް ފުޅާކުރުމުގައި އަދާކުރަމުންދާ އިސް ދައުރުގެ ސަބަބުންނެވެ. އެވޯޑް ޕެނަލުން ފާހަގަކުރި ގޮތުގައި، ޑިޖިޓަލް ޕްލެޓްފޯމްތަކާއި ޓެކްނޮލޮޖީއަށް ބިނާވެފައިވާ މާލީ ހައްލުތައް ހޯދައިދިނުމަށް ބޭންކުން މެދުނުކެނޑި ކުރަމުންދާ މަސައްކަތުގެ ސަބަބުން، ކަސްޓަމަރުން ބޭންކިންގ ހިދުމަތް ހޯދާ އަދި ބޭނުންކުރާ ގޮތަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450