Ads by Farudhun

ޚަބަރު

ޑްރަގްގެ ވަބާއިން ގައުމު ސަލާމަތްކުރުމުގެ ގައުމީ މިޝަން ކާމިޔާބުކުރަން ފުލުހުންނަށް ވަޒީރު ގޮވާލައްވައިފި

ޑްރަގްގެ ވަބާއިން ގައުމު ސަލާމަތްކުރުމުގެ ގައުމީ މިޝަން ކާމިޔާބުކުރަން ފުލުހުންނަށް ވަޒީރު ގޮވާލައްވައިފި

ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން. ފޮޓޯ: ޕޮލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ޖުލައި 2026، 08:44

03 ޖުލައި 2026، 08:44

ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާއި ހަމަޖެހުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މަސްތުވާތަކެތީގެ ވަބާކަން ފާހަގަކުރައްވައި، މި ވަބާއިން ގައުމު ސަލާމަތްކުރުމަށް ފުލުހުންނާ ހަވާލުކޮށްފައިވާ އެންމެ މުހިންމު ގައުމީ މިޝަން ކާމިޔާބުކަމާއެކު ނިންމުމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާބެހޭ ވަޒީރު ފުލުހުންނަށް ގޮވާލައްވައިފިއެވެ.

 ވަޒީރު މިކަމަށް ގޮވާލެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައި ބޭއްވި ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރުގެ ވާހަކަފުޅުގައި މަސްތުވާތަކެތީގެ ސަބަބުން ވަކިވަކި ފަރުދުންގެ މުޅި ހަޔާތް ބަރުބާދުވެ، އާއިލާތަކުގެ ތެރޭގައި ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މުޅި މުޖުތަމައުގައި ހިންގާ އޮގަނައިޒްޑް ކްރައިމް ނުވަތަ ރާވައިގެން ހިންގާ ބޮޑެތި ކުށްތަކަށް ބޭނުންވާ ފަންޑުވެސް ހޯދަނީ މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރެއިންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ދިވެހި ފުލުހުންނާ އަޅުގަނޑުމެން ޙަވާލުކޮށްފައިވާނެ އެންމެ ވަރުގަދަ، އެންމެ އަޒުމް ވަރުގަދަކޮށް ހިފަހައްޓަންޖެހޭ، އަދި އެންމެ ކާމިޔާބުކަމާއެކު ނިންމަންޖެހޭ މިޝަނަކީ މި ޑްރަގުގެ ވަބާއިން ދިވެހިރާއްޖެ ސަލާމަތްކުރުން." ވަޒީރު ވިދާޅުވިއެވެ. ވަޒީރު އިތުރަށް ވިދާޅުވީ މިއީ އުނދަގޫ ކަމެއް ނަމަވެސް، ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ދިވެހި ފުލުހުން ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރި މަސައްކަތުން ފަޚުރުވެރިވާފަދަ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައި ކަމަށެވެ.

ކުށުގެ ވެށި ބަދަލުވުމާއި ޒަމާނީ ގޮންޖެހުންތައް
ވަޒީރު ވިދާޅުވީ މިއަދު ކުށުގެ ވެށި ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ. ހާއްސަކޮށް ޑްރަގް ޓްރެފިކް ކުރާ މީހުން ފައިސާގެ މުއާމަލާތް ކުރުމުގައި ޓެކްނޮލޮޖީ ބޭނުންކުރުމާއި، ސައިބަރ ސްޕޭސް އަދި އޮންލައިން ފްރޯޑުގެ އިތުރުން، ޑިޖިޓަލް ކަރަންސީ ބޭނުންކޮށްގެން ހިންގާ މަނީ ލޯންޑްރިންގ ފަދަ ކުށްތައް އިތުރުވެފައިވާތީ، ފުލުހުން ޒަމާނީ ތައުލީމާއި ހާއްސަ ތަމްރީނުތަކުގެ އެހީގައި މިކަންކަމަށް ތައްޔާރުވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ފުލުހުންގެ އެންމެ ބޮޑު ހަތިޔާރަކީ ބެޓަނާއި ޕެޕަރ ސްޕްރޭ ނޫންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ރައްޔިތުން ކުރާ އިތުބާރާއި ޔަގީންކަން ދެމެހެއްޓުމަށްޓަކައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ހިތްތިރިކަމާއެކު ހިދުމަތް ކުރަންޖެހޭނެ ކަމަށެވެ. އަދި އޮފިސަރުންގެ އިންޓެގްރިޓީ ނުވަތަ ނަޒާހަތްތެރިކަން ގެއްލުވާލާ ދުވަހަކީ ފުލުހުންގެ ޔުނިފޯމް އެޅުމުގެ ހައްގު ގެއްލޭނެ ދުވަސް ކަމަށްވެސް ވަޒީރު ހަނދާންކޮށްދެއްވިއެވެ.

ސަރުކާރުގެ ކޮމިޓްމަންޓަކީ ފުލުހުންނަށް ބޭނުންވާ ޒަމާނީ ތަމްރީނާއި، ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ އިތުރުން ކުރިއަށް އޮތް ތަނުގައި ފުލުހުން ގާއިމުވެ ތިބޭ ކޮންމެ ރަށެއްގައި ފުރިހަމަ އުމްރާނީ ވަސީލަތްތަކާއެކު ޒަމާނީ މަރުކަޒުތައް ބިނާކޮށްދިނުން ކަމަށްވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މި ހިނގާ ރިޔާސީ ދައުރުގެ ބާކީއޮތް ދެ އަހަރާއި ބައިގެ ތެރޭގައި މި މައްސަލައަށް ދިވެހި ރައްޔިތުން އެދޭފަދަ ދާއިމީ ހައްލެއް ހޯދައިގަނެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވަޒީރު ދެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450