Ads by Farudhun

ޚަބަރު

ސްޓޭޑިއަމް ސަރަހައްދުގައި ހުއްދަނެތި ހަދާފައިވާ ގުދަންތައް ހުސްކުރަން އެފްއޭއެމްއިން ނިންމައިފި

ސްޓޭޑިއަމް ސަރަހައްދުގައި ހުއްދަނެތި ހަދާފައިވާ ގުދަންތައް ހުސްކުރަން އެފްއޭއެމްއިން ނިންމައިފި

އެފްއޭއެމް - ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

04 ޖުލައި 2026، 09:41

04 ޖުލައި 2026، 09:41

މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި، ދައުލަތުގެ އެއްވެސް އިދާރާއަކުން ހުއްދަ ހޯދުމަކާ ނުލައި ގަވާއިދާ ހިލާފަށް އިމާރާތްކޮށްފައިވާ ގުދަންތައް ހުސްކޮށް، އެ ބިން ދައުލަތަށް ނެގުމަށް ބޭނުންވާ ގާނޫނީ ފިޔަވަޅުތައް އެޅުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

އެފްއޭއެމް އިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައަކީ "ފިއުޗަރ ހޯމްސް ޕްރައިވެޓް ލިމިޓެޑް" (ކާވިއާ، 9 ވަނަ ފްލޯ، މާލެ) ނަމަކަށް ކިޔާ ކުންފުންޏަކާ ގުޅުންހުރި މައްސަލައެކެވެ. އެ ކުންފުނިން ސްޓޭޑިއަމް ސަރަހައްދުގެ 2,700 އަކަފޫޓުގެ ބިމެއްގައި ޑެކް އަޅައިގެން ދެބުރިއަށް އިމާރާތްކޮށްފައިވަނީ ޖެނުއަރީ 2023 އިން ފެށިގެން 25 އަހަރުގެ މުއްދަތަށެވެ.

މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި، ދައުލަތުގެ އެއްވެސް އިދާރާއަކުން ހުއްދަ ހޯދުމަކާ ނުލައި ގަވާއިދާ ހިލާފަށް އިމާރާތްކޮށްފައިވާ ގުދަންތައް ހުސްކޮށް، އެ ބިން ދައުލަތަށް ނެގުމަށް ބޭނުންވާ ގާނޫނީ ފިޔަވަޅުތައް އެޅުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

މި އެއްބަސްވުމުގެ ދަށުން، އެ ސަރަހައްދުގައި ހުރި ކުނިތަކެއް އުކާލުމުގެ މުގާބިލުގައި، 1.8 މިލިއަން ރުފިޔާގެ އަގަށްވާ ގޮތަށް، އެއްވެސް ކުއްޔަކާ ނުލައި 25 އަހަރަށް އެ ބިން ބޭނުންކުރުމުގެ ހުއްދަ ދީފައިވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް، އެފްއޭއެމް އިން ބުނި ގޮތުގައި ކުނި އުކުމާ ގުޅޭގޮތުން އެފްއޭއެމް އާއި އެ ކުންފުންޏާ ދެމެދު އެއްވެސް ރަސްމީ އެއްބަސްވުމެއް ހެދިފައެއް ނުވެއެވެ.

އިތުރަށް އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި އިމާރާތް ކޮށްފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އާއި މާލޭ ސިޓީ ކައުންސިލް ފަދަ ކަމާބެހޭ އެއްވެސް އިދާރާއެއްގެ ހުއްދައެއް ނުވަތަ ކުރެހުމެއް ފާސްކުރުމަކާ ނުލައިކަން ލިޔެކިޔުންތަކުން އެނގެން އެބައޮތެވެ. އަދި މިކަން މިނިސްޓްރީންނާއި ސިޓީ ކައުންސިލުން އެފްއޭއެމްއަށް އަންގާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މި ބިމަކީ ކުރިމަގުގައި ފުޓްބޯޅަ ދަނޑު އެޅުމަށް ކަނޑައަޅާފައިވާ ބިމަކަށް ވާތީ، އެ ބިން ހުސްކުރުމަށްޓަކައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަށް އެފްއޭއެމްގެ އެކްސްކޯގެ 14 ވަނަ ބައްދަލުވުމުން މިހާރު ވަނީ ނިންމާފައެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450