Ads by Farudhun

ޚަބަރު

އިންޑިއާގެ މިއޮޓް ހޮސްޕިޓަލާއި ގުޅިގެން މެޑިކަލް ކޭމްޕެއް އއ. ރަސްދޫގައި ފަށަނީ

އިންޑިއާގެ މިއޮޓް ހޮސްޕިޓަލާއި ގުޅިގެން މެޑިކަލް ކޭމްޕެއް އއ. ރަސްދޫގައި ފަށަނީ

ރަސްދޫ ކައުންސިލުން އެމްއޯޔީގައި ސޮއި ކުރުން - ފޮޓޯ: ރަސްދޫ ކައުންސިލު

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

04 ޖުލައި 2026، 11:02

04 ޖުލައި 2026، 11:02

އއ. ރަސްދޫ ކައުންސިލާއި، އިންޑިއާގެ މިއޮޓް (MIOT) ހޮސްޕިޓަލް އަދި އއ. އަތޮޅު ހޮސްޕިޓަލް ގުޅިގެން ކުރިއަށް ގެންދާ ހާއްސަ މެޑިކަލް ކޭމްޕުގެ ޑޮކްޓަރުންގެ ޓީމަށް ރަސްދޫއިން މިއަދު ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މި ކޭމްޕާ ގުޅޭގޮތުން "ފަރުދުން" އަށް މައުލޫމާތު ދެއްވަމުން ރަސްދޫ ކައުންސިލްގެ ރައީސް އަހުމަދު ވަހީދު ވިދާޅުވީ، މިއީ ތިން އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރެވިފައިވާ ފަހުމުނާމާ (އެމް.އޯ.ޔޫ) އެއްގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. އަދި ކޮންމެ މަހަކުވެސް މިއޮޓް ހޮސްޕިޓަލުގެ ސްޕެޝަލިސްޓް ޑޮކްޓަރުން ގެނެސްގެން ބަލިމީހުން ބެލޭނެ އިންތިޒާމުތައް ޕްލޭން ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ރަސްދޫއަށް ވަޑައިގެންނެވި ފުރަތަމަ ބުރުގެ ޑޮކްޓަރުންގެ ޓީމުގައި ހިމެނެނީ ކިޑްނީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކާއި ކަރުންމަތީގެ ބަލިތަކަށް ހާއްސަ (ENT) ޑޮކްޓަރެކެވެ. މި ޑޮކްޓަރުންގެ އޯޕީޑީ މާދަމާ ރަސްދޫގައި ފެށިގެން ކުރިއަށްދާނެއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޭމްޕަކީ މުޅި އަތޮޅުގެ ރައްޔިތުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ކޮންމެ މަހަކުވެސް ތަފާތު ދާއިރާތަކުގެ ސްޕެޝަލިސްޓުން ގެނައުން. އެގޮތުން އަންނަ މަހުގެ ކޭމްޕުގައި ކުޑަކުދިންގެ ސާޖަންއަކާއި، ކަށީގެ ހާއްސަ ޑޮކްޓަރެއްގެ އިތުރުން ގޭސްޓްރޯލޮޖީ ނުވަތަ ގޭހުގެ މައްސަލަތަކަށް ފަރުވާދޭ ޑޮކްޓަރެއް ގެނައުމަށް ވަނީ ހަމަޖެހިފައި،"

ކައުންސިލް ރައީސް ވިދާޅުވިއެވެ.

މި މެޑިކަލް ކޭމްޕް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް ހެލްތުގައި ރަޖިސްޓްރީކޮށް، ބޭނުންވާ ހުއްދަތައް ހޯދައިގެންނެވެ. އަދި ބަލިމީހުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މި ޚިދުމަތް އާސަންދައިގެ ދަށުން ލިބޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މިފަދަ ކޭމްޕްތަކުގެ ސަބަބުން އަތޮޅުގެ ރައްޔިތުން ބޭސްފަރުވާއަށް މާލެއަށް ނުވަތަ ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތަކަށް ލުޔެއް ލިބި، ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ލިބުމުގެ މަގު ފަހިވެގެންދާނެ ކަމަށް ކައުންސިލުން ދެކެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450