ޚަބަރު
ޝާހިދުގެ ޕޯސްޓަކީ ސިޔާސީ ޕޯސްޓެއް، ގާނޫނު އޮންނަ ގޮތް ބައްލަވާލެއްވުން ރަނގަޅު: ޝުޖާއު
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ފޮޓޯ: މަޖިލިސް
ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމި ނިންމުމާ ގުޅިގެން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ކުރެއްވި ޕޯސްޓަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ޝުޖާއު ވިދާޅުވީ، ޝާހިދުގެ އެ ޕޯސްޓަކީ ހަގީގަތާ ޚިލާފު ސިޔާސީ ޕޯސްޓެއް ކަމަށާއި، އެފަދަ ވާހަކައެއް ދެއްކެވުމުގެ ކުރިން ގާނޫނުގައި އެކަން އޮންނަ ގޮތް ބައްލަވާލެއްވުން މުހިންމު ކަމަށެވެ. ޚާއްޞަކޮށް ތިނަދޫ ކައުންސިލްގެ ރައީސް އެމްޑީޕީއަށް ވަޑައިގެންނެވި ތާރީޚާއި، ޑިމޮކްރެޓްސް އުވާލި ތާރީޚުގެ އިތުރުން ކައުންސިލަރު ހުވާކުރެއްވި ތާރީޚަށް ރަނގަޅަށް ބައްލަވާލެއްވުމަށް ޝުޖާއު އިލްތިމާސް ކުރެއްވިއެވެ.
ކައުންސިލަރުގެ ހައްގުގައި ހަމައެކަނި ޕޯސްޓެއް ކޮށްލުމުން ނުފުދޭނެ. މި ޕްރޮސެސް ހިނގާފައިވާ ގޮތާމެދު ޝާހިދުގެ ހިތްޕުޅުގައި ސުވާލެއް އުފެދޭނަމަ، ކައުންސިލަރުގެ ހައްގުގައި ކޯޓަށް ވަޑައިގެން އެކަން ސާފުކުރެއްވިދާނެ،
ޝުޖާއު
މި ސަރުކާރުން ގާނޫނާ ޚިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ޝުޖާއު އިތުރަށް ވިދާޅުވީ، ކަންކަން އެނގި ތިއްބަވައިގެން ހަމަ ކޮންމެ ކަމަކީ ސަރުކާރަށް ފާޑުކިޔުމަށް ކުރާ ކަމަކަށް ހަދާނަމަ، ގައުމަށް ސިޔާސީ ހަމަޖެހުމެއް ނާންނާނެ ކަމަށެވެ.
ޝާހިދު ކުރެއްވި ޕޯސްޓުގައި ތުހުމަތު ކުރައްވާފައިވަނީ އިންތިޚާބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ގޮނޑި ގެއްލިއްޖެތޯ ކަނޑައަޅާ އިޖުރާއަތްތައް ފުރިހަމަނުކޮށް، ސިޔާސީ ކުލަޖެހިފައިވާ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. ނަމަވެސް ޝުޖާއު ވަނީ މި ހުރިހާ ނިންމުންތަކަކީވެސް ގާނޫނީ ހަމަތަކުގެ މަތިން ނިންމާފައިވާ ނިންމުންތަކެއް ކަމަށް ބަޔާންކުރައްވާފައެވެ.
މިއީ ސިޔާސީ ޕީޯސްޓެއް.MDP ގެ ރައީސް މިޕޯސްޓް ކުރެއްވުމުގެ ކުރިން ޤާނޫނުގައި މިކަން އޮންނަގޮތް ބައްލަވާލެއްވުން ރަގަޅު ކަމުގައި ދެކެން.ވ.ތިނަދޫ ކައުންސިލްގެ ރައީސް MDP އަށް ވަޑައިގެންނެވި ތާރީޚާއި ޑިމޮކްރެޓްސް އުވާލެއްވި ތާރީޚާއި ކައުންސިލަރ ހުވާކުރެއްވި ތާރީޚް ރަގަޅަށް… https://t.co/vCxfyI37sc
— Ibrahim Shujau (@IbrahimShujaau) July 5, 2026
ދަންޑަހިލު
05/07/2026 12:50
ލާދީނީ އަނިޔާވެރި ޚުދުމުޚުތާރު އެމްޑީޕީއަކީ ގާނޫނުގައޮތްގޮތައް ރައްޔިތުންނަށްޚިދުމަތްކުރަން ޖެހޭބައެއްނޫން އެރުނޑިންނަށް އެނގޭނި ގުޅިލާމެހިގެން ރައްޔިތުންގެ މިލްކިއްޔާތު ރަށްކާކޮށްފަހުރި ތިޖޫރީކޮނޑަށްލައިގެން ފީކޯތްކުޅެން،