Ads by Farudhun

ޚަބަރު

ތިންރައީސުންގެ މަޝްވަރާ: ނަޝީދުގެ ހިޔާލު ތަފާތު

ތިންރައީސުންގެ މަޝްވަރާ: ނަޝީދުގެ ހިޔާލު ތަފާތު

ކުރީގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: އެމްޑީޕީ އެކްސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

05 ޖުލައި 2026، 04:30

05 ޖުލައި 2026، 04:30

 ކުރީގެ ތިން ރައީސުން ގުޅިގެން މަސައްކަތް ކުރަން ފަށާފައިވާ މަޝްވަރާތައް ކުރިއަށް ގެންދެވޭނެކަމަށް އެމްޑީޕީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

 އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ދެއްކެވި ވާހަކަފުޅުތަކުން އެނގިގެންދަނީ، ތިން ރައީސުންގެ މެދުގައި އޮތް ގުޅުން މިހާރު ވަނީ ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ، އެއް ރައީސަކު އަނެއް ރައީސަކާ ދެމެދު އުފެދޭ ޚިޔާލުތަފާތުވުމަކުން، އެ ބޭފުޅުން ކުރިއަށްގެންދާ ބައްދަލުވުންތަކަށް ހުރަހެއް ނެތް ކަމަށެވެ. ސިޔާސީ ބޭނުމަށްޓަކައި އެކި ބޭފުޅުން އެކި ވަގުތު ތަފާތު ވާހަކަ ދައްކަވާނެ ކަމަށާއި، އެއީ އެއްވެސް ހާލަތެއްގައި ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް، މި މަސައްކަތްތައް "މާ ރަނގަޅަށް ނުގެންދެވޭ" ކަމަށް ނަޝީދު އިއުތިރާފުވެވަޑައިގަތުމަކީ މަސައްކަތް ފެއިލްވަމުންދާކަމުގެ ނިޝާނެކެވެ.

ކަން މިހެން އޮތްއިރު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މީގެ ކުރިން ވަނީ އިދިކޮޅު ފަރާތްތަކާއެކު އެއްވެސް ކޯލިޝަނެއް ހަދާފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ. ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި، ތިން ރައީސުން ބައްދަލުކުރަން ނިންމީ ހަމައެކަނި ނޫސްވެރިންގެ ހައްގުގައި ކުރާ މަސައްކަތެއްގެ ގޮތުގައެވެ. ނަމަވެސް މިއަދު ފެންނަނީ އެ އަމާޒާވެސް ޚިލާފަށް ތިން ރައީސުންގެ މެދުގައި "ކުނިޖެހިފައި" އޮތް މަންޒަރެވެ.

ޚާއްޞަކޮށް ޕީއެންއެފުން ބާއްވާ ޖަލްސާތަކުގައި ރައީސް ޔާމީން ގެންދަވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. މިއާއެކު އެމްޑީޕީގެ ސަޕޯޓަރުން ވަނީ މީސްމީޑިއާގައި ރައީސް ޔާމީނަށް ހުތުރު ބަހުން ރައްދު ދެއްވާފައެވެ.

އެންމެ ފަހުން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވެފައެވެ. އެމްޑީޕީގެ ވެރިކަމަށްވުރެ މިހާރުގެ ޕީއެންސީގެ ވެރިކަން މާ "ހިތްފަސޭހަ" ކަމަށެވެ. 

މި ތިން ރައީސުންގެ މަންދޫބުން ދެ ބައްދަލުވުމެއް ބޭއްވި ނަމަވެސް، މިއަދު ފެންނަނީ އެކަކު އަނެކަކާ ދިމާލަށް ހެއްދެވި ނުހެއްދެވިއަށް ގޮވާ މަންޒަރެވެ. މިފަދަ ނުތަނަވަސް ދަނޑިވަޅެއްގައި ނަޝީދު ދެއްކެވި ވާހަކަފުޅުތަކުން ދޭހަވަނީ، އިދިކޮޅު ފަރާތްތަކުގެ މެދުގައި އެއްވެސް އަމާޒެއް ނެތް ކަމާއި، އެމްޑީޕީގެ ސިޔާސީ ރޭވުންތައް ބުރޫއަރާފައިވާ ކަމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450