ޚަބަރު
މަތިވެރީ ސްކޫލުގެ 12 ކްލާސްރޫމާއި މަލްޓި ޕާޕަސް ހޯލުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގެންދަނީ
މަތިވެރީ ސްކޫލުގައި ކުރިއަށްދާ މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
އއ. މަތިވެރީ ސްކޫލުގައި އަޅަމުންދާ 12 ކްލާސްރޫމާއި، މަލްޓި ޕާޕަސް ހޯލުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެކްސްގައިކުރި ޕޯސްޓެއްގައި މިކަން ހާމަކުރަމުން އެމްޓީސީސީއިން ބުނީ މިހާރު ކުރިއަށްދަނީ އެ ތަނުގެ ދެ ވަނަ ފަންގިފިލާ ހެދުމުގެ މަސައްކަތްތަކެވެ. އަދި އޭގެ އިތުރުން، ފުރަތަމަ ފަންގިފިލާގައި ފުޓީ އެޅުމުގެ މަސައްކަތާއި، ކަރަންޓުގެ މަސައްކަތްތައް ވެސް މި ވަގުތު ކުރިއަށްދެއެވެ.
މި މަސައްކަތަކީ ކުރީ ސަރުކާރުން 2022 ގައި 15.95 މިލިއަން ރުފިޔާއަށް އަޒްތޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ޖޭވީ ވިތް ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި މަސައްކަތެކެވެ.
ނަމަވެސް މި މަސައްކަތް ހުއްޓިފައިވަނިކޮށް ރައީސް މުޢިއްޒު ވަނީ އަލުން މަސައްކަތް ފަށްޓަވާދެއްވާފައެވެ. މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ރައީސް އއ. މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރޭގައި، މަތިވެރީ ސްކޫލުގެ މަސައްކަތް އަލުން ކުރިއަށް ގެންދިޔުމަށް އެމް.ޓީ.ސީ.ސީ.އާ ހަވާލުކޮށްފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
Project Update: Completion of 12 classrooms and a multi purpose hall at Aa. Mathiveri School.
— MTCC Plc (@MTCCPlc) July 5, 2026
Second floor masonry works, first floor internal putty and electrical works are in progress.
Follow more updates at: https://t.co/SfVAzkW2pp#MTCCProjects #TeamMTCC… pic.twitter.com/BmkkWJjSJw
ރާއްޖޭގައި އެމްޓީސީސީން އެތައް މަޝްރޫތަކެއް ކުރިއަށްގެންދާއިރު، މިއީ ރާއްޖޭގެ ތަރައްޤީއަށް އެ ކުންފުނިންކޮށްދެއްވާ ނުހަނު އަގުހުރި މަސައްކަތްތަކެއްކަން ފާހަގަކޮށްލެވެއެވެ.