ޚަބަރު
ހިންނަވަރުގެ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވުމާއެކު 8 އަހަރަށްފަހު އެ ރަށުގައި ފުޓްސަލް މުބާރާތެއް
ހިންނަވަރުގެ ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ވުޒާރާ
ޅ. ހިންނަވަރުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ތަރައްޤީކުރާ ފުޓްސަލް ދަނޑު މިއަދު ހަވީރު ރަސްމީކޮށް ހުޅުއްވާދެއްވައިފިއެވެ.
މި ދަނޑު ރަސްމީކޮށް ހުޅުއްވާދެއްވީ އެ ކަމަށް ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢުއެވެ.
ދަނޑު ހުޅުއްވައިދެއްވުމަށްފަހު މި ދަނޑުގައި އެ ރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "ގަނޑިޔަ ފުޓްސަލް ޗެލެންޖް" ފެށުމުގެ ރަސްމިއްޔާތު ވަޒީރު ޝަރަފްވެރިކޮށްދެއްވިއެވެ.
އެ ރަށުގެ ކުރީގެ ފުޓްސަލް ދަނޑު ހަލާކުވިތާ 8 އަހަރު ވެފައިވަނިކޮށް ސަކުރާރުން އަޅުއްވާދެއްވި މި ދަނޑަކީ އެ ރަށުގެ ޒުވާނުންނަށް ލިބިގެންދިޔަ ނުހަނު ބޮޑުއ އުފަލެއްކަން ފާހަގަކޮށްލެވެއެވެ. އަދި "ގަނޑިޔަ ފުޓްސަލް ޗެލެންޖް" އަކީ ކުރީގެ ފުޓްސަލް ދަނޑު ހަލާކުވުމުގެ ސަބަބުން އެ ރަށުގައި ފުޓްސަލް މުބާރާތެއް ނުބޭއްވި އޮތުމަށްފަހު އެ ރަށުގައި ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތަކަން ފާހަގަކޮށްލެވެއެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ޅ. ހިންނަވަރު ފުޓްސަލް ދަނޑު ހުޅުވައިދެއްވައިފި.
— Ministry of Youth Empowerment, Sports and Fitness (@MoYSF_mv) July 5, 2026
ސަރުކާރުން ހިންނަވަރުގައި ޤާއިމްކޮށްދެއްވި ފުޓްސަލް ދަނޑަކީ އެ ރަށުގެ ކުރީގެ ފުޓްސަލް ދަނޑު ހަލާކުވިތާ 8 އަހަރު ފަހުން އެ ރަށުގައި ޤާއިމްކޮށްދެއްވި… pic.twitter.com/ueBshwWtEl
މި ފުޓްސަލް ދަނޑުގެ މަސައްކަތަކީ ސަރުކާރުން 29 މާރިޗު 2025 ގައި 1.7 މިލިއަން ރުފިޔާއަށް އާރްޑީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.