Ads by Farudhun

ޚަބަރު

މާއެނބޫދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 400 ކިލޯވޮޓްގެ އައު ޖެނެރޭޓަރެއް އިންސްޓޯލްކުރަނީ

މާއެނބޫދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 400 ކިލޯވޮޓްގެ އައު ޖެނެރޭޓަރެއް އިންސްޓޯލްކުރަނީ

ޖެނެރޭޓަރު ހަރުކުރުމުގެ މަސައްކަތް. ފޮޓޯ؛ ފެނަކަ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

06 ޖުލައި 2026، 11:02

06 ޖުލައި 2026، 11:02

ދ. މާއެނބޫދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ޓަކައި 400 ކިލޯވޮޓްގެ އައު ޖެނެރޭޓަރެއް އިންސްޓޯލްކުރުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާކަމަށް ފެނަކައިން ބުނެފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި މިކަން ހާމަކުރައްވަމުން ފެނަކައިން ބުނީ، މިއީ މާއެނބޫދޫގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކޮށް، އެ ރަށަށް ދިމާވެފައިވާ ހަކަތައިގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމަށް ޓަކައި ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އަދި މި މަޝްރޫޢަކީ މާއެނބޫދޫގެ ކަރަންޓު ނެޓްވޯކްގެ ޤާބިލުކަން އިތުރުކޮށް، މެދުކެނޑުމެއްނެތި އިތުބާރުހުރި ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޓަކައި ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ.

އަދި މިހާރު ކުރިއަށްދަނީ ޖެނެރޭޓަރު ބެހެއްޓުމަށް ބޭނުންވާ ފަންނީ ތައްޔާރީތަކާއި އިންސްޓޯލްކުރުމުގެ އެކި މަރުހަލާތައް ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މި މަސައްކަތް ނިމުމާއެކު، ރަށުން ކަރަންޓު ކެނޑޭ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެކަން ފެނަކައިން ހާމަކުރެއެވެ.



ރަށްރަށަށް ދިމާވާ ކަރަންޓުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދާދިނުމަށް ޓަކައި ފެނަކައިންދަނީ އެތައް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރަށްރަށުގައި ހުންނަ ޖެނެރޭޓަރުތަކުގެ ކޭބަލް އާކުރުމުގެ މަސައްކަތްތަކާއި، ޕެނަލް ބޯޑު އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450