Ads by Farudhun

ޚަބަރު

ސަރުކާރުން ސިވިލް ސާވަންޓުންނަށް ގެނެސްދެއްވި ލުޔާ އެއްކޮށް ނިޒާރު ރަތަށް!

ސަރުކާރުން ސިވިލް ސާވަންޓުންނަށް ގެނެސްދެއްވި ލުޔާ އެއްކޮށް ނިޒާރު ރަތަށް!

އައްޑޫ މޭޔަރު އަލީ ނިޒާރު - ފޮޓޯ: ދިޔަރެސް

farudhun logo

ފަރުދުން

06 ޖުލައި 2026، 12:17

06 ޖުލައި 2026، 12:17

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސިވިލް ސާވަންޓުންނަށް ދިމާވާ އާއިލީ ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް ގެންނެވި ބަދަލުތަކާ ގުޅިގެން، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ފާޑުވިދާޅުވެއްޖެއެވެ.

ސިވިލް ސާވަންޓުންނަކީ ދައުލަތުގެ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އެންމެ ބުރަ މަސައްކަތްކުރާ ހީވާގި މުވައްޒަފުން ކަމަށްވާއިރު، އެ މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުގައި ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މިގޮތުން، ހެނދުނު ގަޑީގައި ދިމާވާ ކުއްލި ކަންކަމުގެ ސަބަބުން ގަޑިއަށް ނުދެވޭ މުވައްޒަފުންނަށް 30 މިނެޓުގެ "ބަފަރ ޓައިމް" އެއް ދިނުމަށް ސިވިލް ސާވިސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ނަމަވެސް، މި ބަދަލާ ގުޅިގެން އައްޑޫ މޭޔަރު އަލީ ނިޒާރު ވަނީ ވަރަށް ބޮޑަށް ރަތަށް އަރާ ފާޑުކިޔާފައެވެ. ނިޒާރު ތުހުމަތު ކުރައްވާ ގޮތުގައި މިފަދަ ލުއިތަކުގެ ސަބަބުން މުޅި ސިވިލް ސާވިސްގެ ނިޒާމު "ހަރާބުވަމުން" ދާކަމަށާއި، މިއީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި މި ބަދަލުތަކުގެ ސަބަބުން ސިވިލް ސާވިސްގެ ޖުމްލަ 25 އިންސައްތައާ ގާތްކުރާ މިންވަރަށް މުވައްޒަފުންގެ ބޭނުން ނުހިފޭ ކަމަށް ވިދާޅުވެ، ނިޒާރު ވަނީ މުވައްޒަފުންގެ ހައްގުތަކަށްވުރެ ބޮޑަށް ހަރުކަށި އުސޫލުތަކަށް ތާއީދުކުރައްވާފައެވެ.



ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ގެނައި މި ބަދަލަކީ އާއިލާތަކަށް ލުއި ފަސޭހަކޮށްދިނުމަށް ނިންމި ނިންމުމެކެވެ. މީގެ ދަށުން:

ލަހުން ހާޒިރުވާ 30 މިނެޓު، އޮފީސް ނިމޭ ގަޑީގައި މަސައްކަތް ކޮށްގެން ފުރާލެވޭނެއެވެ. އަދި ކުއްލިއަކަށް ދިމާވާ ދަތިތަކާ ގުޅިގެން އިތުރު ހުއްދައަކާ ނުލައި މަސައްކަތުގެ ގަޑި އެޖަސްޓު ކުރެވޭނެއެވެ.

މުވައްޒަފުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އުފާވެރި މާހައުލެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދެމުންދާއިރު، ނިޒާރު ފަދަ ސިޔާސީ ބޭފުޅުން މިކަމާ ކަންބޮޑުވުން ފާޅުކުރެއްވުމަކީ، މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ބަދަލުގައި ސިޔާސީ މަންފާއެއް ހާސިލުކުރަން އުޅުން ކަމަށް ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

ސަރުކާރުގެ އަމާޒަކީ މިފަދަ ލުއިތަކާއެކު، ސިވިލް ސާވަންޓުންގެ ފަރާތުން ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް އިތުރަށް ހަލުވިކޮށް، ހަރުދަނާކުރުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
ދ

ދަންޑަހިލު

06/07/2026 12:31

ބައްލަވަ މިޔަރޫ،ގަޑިދައްމާލައިގެން އޮފީހުގަ ނާޗަރަންގީ ކުޅުނުޒަމާޒީވެއްޖެ ދެރަވޭތަ ލަގޮނޑިއަކަށް ކެތެއްނުވެއުތަ،