Ads by Farudhun

ޚަބަރު

މ. ނާލާފުއްޓަށް 176 ކިލޯވޮޓުގެ އާ ޖެނެރޭޓަރެއް ގެންގޮސްފި

މ. ނާލާފުއްޓަށް 176 ކިލޯވޮޓުގެ އާ ޖެނެރޭޓަރެއް ގެންގޮސްފި

ނާލާފުއްޓަށް ގެންދެވުނު ޖެނެރޭޓަރު. ފޮޓޯ: ސްޓެލްކޯ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 ޖުލައި 2026، 03:30

06 ޖުލައި 2026، 03:30

މ. ނާލާފުށީގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ޚިދުމަތުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އެ ރަށަށް އާ ޖެނެރޭޓަރެއް ގެންގޮސްފިއެވެ.

މި މަސައްކަތަކީ ކަރަންޓުގެ ޚިދުމަތް ދޭ ކުންފުނީގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ކުރެވުނު މަސައްކަތެކެވެ. މިގޮތުން ނާލާފުއްޓަށް ގެންގޮސްފައިވަނީ 176 ކިލޯވޮޓުގެ ޖެނެރޭޓަރެކެވެ.

ކުންފުނިން މަޢުލޫމާތު ދޭ ގޮތުގައި، މިހާރު ކުރިއަށްދަނީ މި ޖެނެރޭޓަރު އިންސްޓޯލްކޮށް، ކޮމިޝަންކުރުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ. މި އާ ޖެނެރޭޓަރާއެކު ރަށުގެ ކަރަންޓުގެ ޚިދުމަތަށް ދިމާވާ ދަތިތަކަށް ޙައްލެއް ލިބި، އިތުބާރު ބޮޑު ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދެވޭނެއެވެ.

މި ޖެނެރޭޓަރު ކޮމިޝަންކޮށް ނިމުމުން، ނާލާފުށީގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުވެ، ކުރިއަށް އޮތް ތަނުގައި ރަށުގެ ކަރަންޓުގެ ޑިމާންޑަށް އެކަށީގެންވާ ޚިދުމަތެއް ދެވޭނެ ކަމަށް ސަރުކާރުން ދެކެއެވެ.
 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450