Ads by Farudhun

ޚަބަރު

ށ. ފޭދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ބާރުމިނުގައި ކުރިއަށް

ށ. ފޭދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ބާރުމިނުގައި ކުރިއަށް

ށ.ފޭދޫ ބަދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 ޖުލައި 2026، 03:31

06 ޖުލައި 2026، 03:31

ށ. ފޭދޫ ބަނދަރު އަޕްގްރޭޑް ކުރުމަށް ފަރުމާކޮށް އަމަލީ މަސައްކަތް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ބަނދަރުގެ އޮނިގަނޑު ވަރުގަދަކުރުމުގެ މުހިންމު މަސައްކަތްތަކެއް މިހާރު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މިވަގުތު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި އެއްގަމު ތޮށީގެ ޝަޓަރިންގް އާއި ކެޕިންގް ބީމް އެޅުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން، ބަނދަރު ފުންކުރުމުގެ ތެރޭގައި ނެގުނު ވެލި ބޭނުންކޮށްގެން އެއްގަމު ތޮށީގެ ފަހަތަށް ވެލި އެޅުމުގެ (ބެކްފިލިންގް) މަސައްކަތް ވެސް މިހާރު ދަނީ ބާރުމިނުގައި ކުރިއަށެވެ.



މަޝްރޫއުގެ ތަފްސީލު
މި މަޝްރޫއުގެ ދަށުން ބަނދަރުގެ ބޭނުން އެންމެ ފުރިހަމައަށް ހިފޭނެ ގޮތް ހެދުމަށްޓަކައި ބަނދަރުގެ ބޭސިން ފުންކުރުމާއި ކޮނުމުގެ މަސައްކަތް ހިމެނެއެވެ. އަދި އައްސޭރި ފަށުގެ ރައްކާތެރިކަމަށްޓަކައި ބޭރު ތޮށިލުމާއި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށްދާނެއެވެ.

މީގެ އިތުރުން، ބަނދަރު ސަރަހައްދުގައި ޕޭވްމަންޓް ހެދުމާއި، މަގުބައްތި ހަރުކުރުމުގެ އިތުރުން ކަނޑުދަތުރުފަތުރަށް ބޭނުންވާ ނިޝާންތައް ހަރުކުރުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނިފައިވެއެވެ. މި މަސައްކަތްތަކަކީ ފޭދޫގެ ކަނޑުގެ ދަތުރުފަތުރާއި އިގްތިސާދީ ހަރަކާތްތަކަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މަސައްކަތްތަކެކެވެ.

އެމްޓީސީސީން ބުނެފައިވަނީ މި މަޝްރޫއުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ނިންމުމަށްޓަކައި ބޭނުންވާ ސިވިލް އިންޖިނިއަރިންގް މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450