Ads by Farudhun

ޚަބަރު

ވިލުންވެށި ސްކޫލް ގާޑަން ޕްރޮގްރާމުގެ ފުރަތަމަ ބަގީޗާ އިފްތިތާހުކޮށްފި

ވިލުންވެށި ސްކޫލް ގާޑަން ޕްރޮގްރާމުގެ ފުރަތަމަ ބަގީޗާ އިފްތިތާހުކޮށްފި

ވިލުންވެށި ސްކޫލް ގާޑަން ޕްރޮގްރާމުގެ ފުރަތަމަ ބަގީޗާ އިފްތިތާހުކުރުން / ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

06 ޖުލައި 2026، 10:34

06 ޖުލައި 2026، 10:34

މޫސުމީ ބަދަލުތަކަށް ވިލުންތެރި ޖީލެއް ބިނާކުރުމަށާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން ދަރިވަރުން ހޭލުންތެރިކުރުވުމަށް ފަރުމާކޮށްފައިވާ "ވިލުންވެށި" ޕްރޮގްރާމުގެ ދަށުން ގާއިމުކުރި ފުރަތަމަ ބަގީޗާ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މި ޕްރޮގްރާމުގެ ދަށުން ގާއިމުކުރި ފުރަތަމަ ބަގީޗާ "ގާޑަން އޮފް ގްރޯތު" އިފްތިތާހުކޮށްފައިވަނީ ހިރިޔާ ސްކޫލުގައެވެ. މި ބަގީޗާ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފާއި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ.

ހިރިޔާ ސްކޫލުގައި ގާއިމުކުރި މި ބަގީޗާއަކީ ޒަމާނީ ވަސީލަތްތަކާއެކު ފަރުމާކޮށްފައިވާ ތަނެކެވެ. މީގެ ތެރޭގައި މަދު ޖާގައެއްގައި ގިނަ ގަސް ހެއްދުމަށް ބޭނުންކުރާ ވާޓިކަލް ގާޑަން ސިސްޓަމްތަކާއި، ފަތްޕިލާވެލި ހެއްދުމަށް ހާއްސަ ހައިޑްރޯޕޯނިކްސް ސިސްޓަމްތަކުގެ އިތުރުން މޭވާ ހެއްދުމަށް ހާއްސަ ސަރަހައްދެއް ހިމެނެއެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި ބަގީޗާއަކީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ބެލެހެއްޓޭނެ ތަނެކެވެ. އެގޮތުން އިގްތިސާދީ ގޮތުން ފެން ބޭނުންކުރުމަށްޓަކައި ވާރޭފެން ރައްކާކޮށްގެން ގަސްތަކަށް ފެންދެވޭނެ ނިޒާމެއްވެސް މި ބަގީޗާގައި ވަނީ ގާއިމުކޮށްފައެވެ.

"ވިލުންވެށި" ޕްރޮގްރާމަކީ މޫސުމީ ބަދަލުތަކަށް ވިލުންތެރި ގައުމެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން، ދަރިވަރުންގެ މެދުގައި ދަނޑުވެރިކަމާއި ތިމާވެށި ރައްކާތެރިކުރުމުގެ ޝައުގުވެރިކަން އުފެއްދުމަށް ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން އަމިއްލަ ފައިމައްޗަށް ތެދުވެ، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަން ދަރިވަރުންނަށް އަމަލީ ގޮތުން ދަސްވެގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450