Ads by Farudhun

ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ހާއްސަ ފުރުސަތުތަކެއް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ހާއްސަ ފުރުސަތުތަކެއް

ހާއްސަ އެހީއަށް ބޭނުންވާ 2 ކުދިން - ފޮޓޯ: ހުރިހާ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

07 ޖުލައި 2026، 11:55

07 ޖުލައި 2026، 11:55

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ އިދާރާތަކުންނާއި ކުންފުނިތަކުން ވަޒީފާގެ ހާއްސަ ފުރުސަތުތަކެއް ކަނޑައަޅައި، އެކަން ތަންފީޒުކުރާނެ އުސޫލުތަކަށް މުހިންމު އިސްލާހުތަކެއް ގެނެސްފިއެވެ.

މި އިސްލާހުތައް ހިމެނޭ "ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާ ހަމަޖެއްސުމުގެ އާންމު މިންގަނޑު" އިއްޔެ ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ.

މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ސޯޝަލް ސާވިސަސް އިން ގެޒެޓްކުރި މި އިސްލާހުގައިވާ ގޮތުން، ސިވިލް ސާވިސްގެ އިދާރާތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން އުފައްދާ މަގާމުތައް ކަނޑައަޅާނީ ސިވިލް ސާވިސް ކޮމިޝަނުންނެވެ. އަދި ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެފަދަ ފަރާތްތަކަށް ހާއްސަ ކުރެވޭނެ މަގާމުތައް ކަނޑައެޅުމުގެ އިހުތިޔާރު ދީފައިވަނީ އެ ކުންފުންޏެއްގެ ބޯޑަށް ނުވަތަ ކުންފުނިން ކަނޑައަޅާ ވަކި އުސޫލެއްގެ މަތިންނެވެ.

މި އާ މިންގަނޑަކީ ސަރުކާރުގެ އިދާރާތަކުގެ އިތުރުން އަމިއްލަ ވަޒީފާދޭ ފަރާތްތަކަށްވެސް އަމަލުކުރުން ލާޒިމުވާ ގޮތަށް އެކުލަވާލާފައިވާ މިންގަނޑެކެވެ. މީގެ މައިގަނޑު މަގްސަދަކީ މުޖުތަމައުގައި ތަފާތުން ކުރުން ނެތިކޮށްލާ، ބާކީވެފައި ތިބޭ ނުކުޅެދުންތެރިކަން ހުންނަ ޒުވާނުންނާއި، މުޖުތަމައުގައި އުޅޭ އެހެން ޒުވާނުންނާއި، އެއްހމައެއްގައި މަސައްކަތްކޮށް އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ފުރުސަތު އަދުގެ ސަރުކާރުން ހޯދައިދިނުމެވެ.

މީގެ އިތުރުން، ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތު އެންމެ އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން މަސައްކަތް ކުރުމަށްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ވަޒީފާގެ އިއުލާންތައް އެފަދަ ޖަމިއްޔާތަކާ ހިއްސާކޮށް، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ މެދުގައި އެ މައުލޫމާތު ފުޅާދާއިރާއެއްގައި ފެތުރުމަކީ ވަޒީފާދޭ ފަރާތްތަކާއި ކަމާބެހޭ ވުޒާރާގެ ޒިންމާއެއް ކަމަށް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

ރާއްޖޭގައި ތަފާތު ކުރުންތައް ނެތިކޮށް އެންމެން އެންހަމައެއްގައި މަސައްކަތް ކުރަން ހާއްސަ އެހީއަށް ބޭނުންވާ ޒުވާނުންނަށް ވަޒީާފާ ދިނީ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ސަރުކާރުގައެވެ.

އެކަން ތަންފީޒު ކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ސަރުކާރު ބަދަލުވެ، އިބުރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މި ކަމަށް މާ ބޮޑު ސަމާލުކަމެއް ދީފައެއްނުވެއެވެ. ހަމައެއާއެކު އެ ސަރުކާރުގައި ހާއްސަ އެހީއަށް ބޭނުންވާ، އޭރުގައި މަސައްކަތް ކުރަމުންދިޔަ ކުދިންނަށް ވަނީ ވަރަށް ބޮޑަށް އިހުމާލުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިޖުތިމާއީ އަދި އިގްތިސާދީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގެނެވުނު މި ބަދަލާއެކު، ގިނަ އަދަދެއްގެ ޒުވާނުންނަށް ވަޒީފާގެ ބާޒާރުގައި އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450