Ads by Farudhun

ޚަބަރު

މ. މަޑުއްވަރީ ޕަވަރހައުސްގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި

މ. މަޑުއްވަރީ ޕަވަރހައުސްގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި

މަޑުއްވަރީ ޕަވަރހައުސްގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރިއަށްގެންދަނީ. ފޮޓޯ: ސްޓެލްކޯ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 ޖުލައި 2026، 03:59

07 ޖުލައި 2026، 03:59

 މ. މަޑުއްވަރީ ޕަވަރހައުސްގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.

މ. އަތޮޅުގެ ރަށްތަކުގެ ޔުޓިލިޓީ ޚިދުމަތްތަކާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހަވާލުވުމަށްފަހު، އެ އަތޮޅުގެ ރަށްތަކުގައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. 

އެގޮތުން ޚިދުމަތްދޭ އިމާރާތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މ. މަޑުއްވަރީ ޕަވަރހައުސްގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި، މ. އަތޮޅުގެ ރަށްތަކުގެ ޔުޓިލިޓީ ޚިދުމަތްތަކާ އެ ކުންފުނިން ހަވާލުވީ އެ ރަށްތަކުގެ ކަރަންޓާއި ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް އިތުބާރު ހުރި ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ. މަޑުއްވަރީ ޕަވަރހައުސްގެ އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ މި ލަނޑުދަނޑި ހާސިލްކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

މި މަޝްރޫއުގެ ދަށުން ޕަވަރހައުސްގެ އިމާރާތުގެ އާބާތުރަ ފިލުވައި، މަސައްކަތް ކުރާ މުވައްޒަފުންނަށް ފަހި މާހައުލެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ޚިދުމަތްދޭ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކުރުމަކީ ޚިދުމަތުގެ ފެންވަރު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450