Ads by Farudhun

ޚަބަރު

ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތް ލ. އަތޮޅުގައި ރަސްމީކޮށް ފަށައިފި

ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތް ލ. އަތޮޅުގައި ރަސްމީކޮށް ފަށައިފި

ލ.އަތޮޅުގައި ޕްރައިމަރީ ހެލްތް ކެއަރގެ ޚިދުމަތް ރަސްމީކޮށް ފެށުން. ފޮޓޯ: ޞިއްޙީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 ޖުލައި 2026، 04:28

07 ޖުލައި 2026، 04:28

ރާއްޖޭގެ އަސާސީ ޞިއްޙީ ޚިދުމަތުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ޤައުމީ މަޝްރޫޢުގެ ދަށުން، ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ލ. އަތޮޅުގައި ރަސްމީކޮށް ފަށައިފިއެވެ.

 މިއާއެކު ލ. އަތޮޅު ވެގެން ގޮސްފައިވަނީ މި ޚިދުމަތް މުޅި ރާއްޖޭގައި ފެށި 18 ވަނަ އަތޮޅަށެވެ.

މި ޕްރޮގްރާމަކީ ގައިންގަޔަށް ނާރާ ބަލިތައް ދުރާލައި ދެނެގަނެ، އެފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ރައްޔިތުންނާ ވީހާވެސް ގާތުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. ޞިއްޙީ ވުޒާރާއިން ވިދާޅުވީ، މި މަސައްކަތުގެ ތެރެއިން ލ. އަތޮޅުގެ ޞިއްޙީ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ޚާއްޞަ ތަމްރީނުތައް މިހާރު ދަނީ ދެމުންނެވެ.

މި ޕްރޮގްރާމުގެ ދަށުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތެއްގެ ޞިއްޙީ މަޢުލޫމާތު ހިމެނޭ 'ޕޭޝަންޓް ރިކޯޑު' ނުވަތަ މެޑިކަލް ހިސްޓްރީއެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ބޭނުމަކީ އެމީހަކު ކުރިން ކޮށްފައިވާ ބޭސްފަރުވާގެ ތަފްސީލާއި މިހާރުގެ ޞިއްޙީ ހާލަތު ދެނެގަތުމެވެ.

ޞިއްޙީ ޚިދުމަތްތެރިން ސީދާ ގޭގެއަށް ޒިޔާރަތްކޮށް، ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ބޭނުންވާ އިރުޝާދާއި ލަފާ ފޯރުކޮށްދިނުމަކީވެސް މި މަޝްރޫޢުގެ މުހިންމު ބައެކެވެ. މި މަސައްކަތަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޖަޕާން ފަންޑް ފޯ ޕްރޮސްޕަރަސް އެންޑް ރިސިލިއަންޓް އޭޝިއާ އެންޑް ދަ ޕެސިފިކްގެ މާލީ އެހީގައި ކުރިއަށްދާ މަޝްރޫޢެކެވެ.

ޞިއްޙީ ވުޒާރާއިން ފާހަގަކުރާ ގޮތުގައި، ބަލިވުމަށްފަހު ފަރުވާ ހޯދުމުގެ ބަދަލުގައި ބަލިވުމުގެ ކުރިން ރައްކާތެރިވުމުގެ އާދަކާދަ އަށަގަންނުވަން ޖެހެއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (WHO) އިންވެސް އިރުޝާދު ދެއްވާފައިވާ މި ނިޒާމަކީ، ރައްޔިތުންނަށް ހަމަހަމަކަމާއެކު އިތުބާރު ހުރި ޞިއްޙީ ޚިދުމަތެއް ދިނުމަށް އެންމެ އެކަށީގެންވާ މަގެވެ.

މި ނިޒާމު އިތުރަށް އިޝްތިހާރުކޮށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން "ޕްރައިމަރީ ހެލްތު ކެއަރ ރީވައިޓަލައިޒޭޝަން ޕްރޮގްރާމް" ގެ ކޮމިއުނިކޭޝަން ކެމްޕޭންވެސް މިހާރު ވަނީ ރަސްމީކޮށް ފަށާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450