Ads by Farudhun

ޚަބަރު

ހދ. އަތޮޅު ބޯޑު އެކުލަވާލުމުގެ މަސައްކަތް ހުއްޓާލުމަށް އެލްޖީއޭއިން އަންގައިފި

ހދ. އަތޮޅު ބޯޑު އެކުލަވާލުމުގެ މަސައްކަތް ހުއްޓާލުމަށް އެލްޖީއޭއިން އަންގައިފި

ހދ. އަތޮޅުގެ ރަށްތައް ދައްކުވައިދޭ މެޕެއް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 ޖުލައި 2026، 06:53

07 ޖުލައި 2026، 06:53

ހދ. އަތޮޅުގެ ތަރައްގީއަށް އެ އަތޮޅުގެ ހުރިހާ ރަށެއް ބައިވެރިވެގެން ހާއްސަ ބޯޑެއް އެކުލަވާލުމަށް ފެށި މަސައްކަތްތައް ކުރިއަށް ނުގެންދިޔުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފިއެވެ.

މި ބޯޑަކީ އަތޮޅުގެ ތަރައްގީ އާއި ރަށްރަށުގެ ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރުމުގެ މަގުސަދުގައި އުފައްދަން ނިންމި ބޯޑެކެވެ.

މި ބޯޑު އެކުލަވާލުމާ ގުޅޭގޮތުން ހދ. އަތޮޅުގެ ހުރިހާ ކައުންސިލްތަކުގެ ރައީސުންނާއެކު އޮންލައިން މަޝްވަރާތަކެއް ވަނީ ބާއްވާފައެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، މި މަޝްވަރާތަކުގައި ވަނީ އަތޮޅު ތަރައްގީއަށް މަސައްކަތްކުރާނެ ބޯޑުގެ މަގުސަދުތައް ކަނޑައަޅައި، މަސައްކަތް ކުރާނެ އުސޫލެއް މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެކުލަވާލުމަށް ނިންމާފައެވެ.

ނަމަވެސް، އެލްޖީއޭއިން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން އަތޮޅު ކައުންސިލުތައް އުވާލައި، އެ ކައުންސިލްތަކުން ދެމުންދިޔަ ހިދުމަތްތަކާއި މަސްއޫލިއްޔަތުތައް މިހާރު ވަނީ އެލްޖީއޭގެ ދަށަށް ބަދަލުކޮށްފައި ކަމަށެވެ. އެހެންކަމުން، މުޅި އިދާރީ ދާއިރާގެ ތަރައްގީއަށް ކުރަންޖެހޭ ކަންކަން ކުރުމަކީ އެ އޮތޯރިޓީގެ ގާނޫނީ މަސްއޫލިއްޔަތެއް ކަމަށް އެލްޖީއޭއިން ފާހަގަކޮށްފައިވެއެވެ.

އެލްޖީއޭގެ ސިޓީގައި އިތުރަށް ބަޔާންކޮށްފައިވަނީ، ހދ. އަތޮޅުގެ ކައުންސިލްތައް އެކުވެގެން ވަކި ބޯޑެއް އެކުލަވާލުމަކީ ކުރެވިދާނެ ކަމެއް ކަމަށް އެ އޮތޯރިޓީން ނުދެކޭ ކަމަށެވެ. އަދި މިފަދަ ބޯޑެއް ގާއިމުކުރުމަކީ ލާމަރުކަޒީ ގާނޫނުގެ މަފްހޫމާ ފުށުއަރާ ކަމެއް ކަމަށްވެސް އެލްޖީއޭއިން ބުނެފައިވެއެވެ.

މި ނިންމުމާ ގުޅިގެން، ހދ. އަތޮޅުގެ ބޯޑު އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ނުގެންދިޔުމަށް އެލްޖީއޭއިން ވަނީ އަންގާފައެވެ. މީގެ އިތުރުން، މިފަދަ ބޯޑެއް އެކުލަވާލުމަށް ނިންމި ނިންމުމަށް ވާސިލުވުމަށް ކަނޑައެޅި ގާނޫނީ މިންގަނޑު ސާފުކޮށްދިނުމަށްވެސް އެ އޮތޯރިޓީން ވަނީ ކައުންސިލްތަކުގައި އެދިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450