Ads by Farudhun

ޚަބަރު

ހިޔާގެ އައު ލިފްޓްތަކާއެކު ކޮންމެ ރައްޔިތެއްގެ ހަޔާތުން 61 ގަޑިއިރު ސަލާމަތްވެއްޖެ: އިބްރާހިމް މުޙައްމަދު

ހިޔާގެ އައު ލިފްޓްތަކާއެކު ކޮންމެ ރައްޔިތެއްގެ ހަޔާތުން 61 ގަޑިއިރު ސަލާމަތްވެއްޖެ: އިބްރާހިމް މުޙައްމަދު

ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުން ނިންމައި އިފްތިތާޙްކުރުން. ފޮޓޯ: އެޗްޑީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 ޖުލައި 2026، 07:01

07 ޖުލައި 2026، 07:01

ހުޅުމާލޭ ހިޔާ ޓަވަރުތަކުގައި އަލަށް ހަރުކުރި ލިފްޓްތަކުގެ ސަބަބުން އެ ތަނުގައި ދިރިއުޅޭ ކޮންމެ ރައްޔިތެއްގެ ހަޔާތުން ދެ ދުވަހާ ގާތްކުރާ މިންވަރަށް ވަގުތު ސަލާމަތްވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

މެމްބަރު އިބްރާހިމް މުޙައްމަދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް ހިޔާ ޓަވަރުތަކުގައި ހަރުކުރެވުނު އައު ލިފްޓްތަކުގެ ސަބަބުން، އެ ސަރަހައްދުގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށް އެ މީހެއްގެ ހަޔާތުން 2 ދުވަސް އިތުރުވެގެން ގޮސްފައިވާ ކަމަށެވެ. މިއީ ގާތްގަނޑަކަށް 3650 މިނެޓް ނުވަތަ 61 ގަޑިއިރު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ބަދަލަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން ލިފްޓަށް އެރުމަށްޓަކައި ކިޔޫގައި ހޭދަކުރަންޖެހޭ ވަގުތަށް އައި ބޮޑު ލުޔެއްކަން ފާހަގަކުރައްވަމުން، މިއީ ރައްޔިތުންގެ ދިރިއުޅުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި މެމްބަރު ވަނީ ސިފަކުރައްވާފައެވެ.

ހިޔާގެ 16 ޓަވަރުގައި ޖުމްލަ 32 ލިފްޓް ހަރުކުރުމުގެ މަޝްރޫއު ނިންމައި ރަސްމީކޮށް އިފްތިތާހުކުރީ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި މަޝްރޫއަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން، ހިޔާގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ތަކުލީފަށް ހައްލު ހޯދައިދިނުމަށް ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.

ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން 18 މިލިއަން ޑޮލަރު ހޭދަކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ ދަށުން ހަރުކުރި ލިފްޓްތަކަކީ ސްޓެޗަރު އެރުވޭ ގޮތަށް ފަރުމާކޮށްފައިވާ، ޖާގަ ތަނަވަސް ލިފްޓްތަކެކެވެ. މީގެ ސަބަބުން ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަކަން ލިބި، ވަގުތު ސަލާމަތްކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450