ޚަބަރު
ދިވެހި ފުލުހުން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި
ހަރަކާތުގެ ތެރެއިން. ފޮޓޯ: ފުލުހުން
ދިވެހި ފުލުހުންގެ ޕޮލިސް މެޑިކަލް ސާވިސަސްއިން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމެޓީއާއި ގުޅިގެން އިއްޔަ ބޭއްވި މި ހަރަކާތަކީ، "ވޯލްޑް ބްލަޑް ޑޮނޭޝްން ޑޭ" ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތައް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއެވެ.
މިއީ، ފުލުހުންގެ މެދުގައި އިޖުތިމާއި ރޫހު އާލާކުރުމަށާއި، މުޖުތަމައުގައި ލޭ ބޭނުންވެފައި ތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ކުރިއަށްގެންދިޔަ ހަރަކާތެއްކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. އަދި ހާއްސަ ގޮތެއްގައި ތެލެސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް މި ހަރަކާތުގެ ބޮޑު މަގްސަދެއްކަން ފުލުހުންވަނީ ފާހަގަކުރައްވާފައެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭ ފޭސް 1 ގައި ހުންނަ އޮރެންޖް ހިޔާގައި ކަމަށާއި، ގިނަ އަދަދެއްގެ ފުލުހުން މި ހަރަކާތުގައި ބައިވެރިވެފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
Today, the Maldives Women in Policing, together with Police Medical Services, organized a blood donation program at Orange Hiyaa, Hulhumalé, to mark World Blood Donor Day.
— Maldives Police (@PoliceMv) July 7, 2026
The initiative aimed to strengthen the spirit of giving among our officers while supporting children and… pic.twitter.com/4Kx5hMWRQO
ކޮންމެ އަހަރަކު ފާހަގަކުރެވިގެންދާ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހަކީ، އެ ފަރާތްތަކުން ވެދެއްވާ ދީލަތި އެހީތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހަކަށްވާއިރު، އެމީހުންގެ ސަބަބުން އެތައް ފުރާނައެއް ސަލާމަތްވެގެންދެއެވެ.