Ads by Farudhun

ޚަބަރު / ކުޅިވަރު

ދުނިޔޭގެ ވޮލީބޯޅަ ދުވަސް ކުލަގަދަކޮށް ވީއޭއެމްއިން ފާހަގަކޮށްފި

ދުނިޔޭގެ ވޮލީބޯޅަ ދުވަސް ކުލަގަދަކޮށް ވީއޭއެމްއިން ފާހަގަކޮށްފި

ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

08 ޖުލައި 2026، 04:10

08 ޖުލައި 2026، 04:10

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ދުނިޔޭގެ ވޮލީބޯޅަ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. 

ރާއްޖޭގެ ވޮލީބޯޅައިގެ އާ ޖީލެއް ބިނާކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި މި ކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުލްރައްޒާގު އިބްރާހީމެވެ. 

މި އިވެންޓުގައި ވޮލީބޯލް އެކަޑަމީތައް ކަމަށްވާ ބްލޫސް ފޯ ވޮލީބޯލް، މުނީޒް ވޮލީބޯލް މޫވްމަންޓް، އުބޭ އެކަޑަމީ، އަދި ކަނބަލުން ސްޕޯޓްސް އެކަޑަމީގެ ޒުވާން އެތުލީޓުން ބައިވެރިވެފައިވާއިރު، ރާއްޖޭގެ ވޮލީބޯޅައިގެ ލެޖެންޑުން ވެސް މި ހަރަކާތުގައި ވަނީ ބައިވެރިވެފައެވެ. އަދި  ރާއްޖޭގެ ސީނިއާ ގައުމީ ވޮލީބޯޅަ ޓީމުގެ ފިރިހެން އަދި އަންހެން ކުޅުންތެރިން ވެސް މި ހަރަކާތުން ފެނިގެންދިޔައެވެ.



މި ދުވަހުގެ އުފާ ފާޅުކުރުމުގެ ގޮތުން ހާއްސަ ކޭކެއް ފަޅުމުގެ ރަސްމިއްޔާތެއް ވެސް ކުރިއަށް ގޮސްފައިވާއިރު، ވީއޭއެމްއިން ވަނީ  މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި އެހީތެރިވެދެއްވި ހުރިހާ ކުޅުންތެރިންނާއި، ކޯޗުންނާއި، ވޮލަންޓިއަރުން އަދި ސަޕޯޓަރުންނަށް ޝުކުރު އަދާކުރައްވާފައެވެ. 

ވޮލީއަކީ ދިވެހީންގެ މެދުގައި އެންމެ މަޤްބޫލް އެއް ކުޅިވަރަށްވާއިރު، ވޮލީގެ ކަންކަން ބެލެހެއްޓުމަށް ވީއޭއެމް ރާއްޖޭގައި އުފައްދާފައިވަނީ 1984 ވަނަ އަހަރުއެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450