Ads by Farudhun

ޚަބަރު

ވިނަރެސް ފުލެޓު ކަރަންޓު ފޮށިތަކަށް ގެއްލުންދީން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ވިނަރެސް ފުލެޓު ކަރަންޓު ފޮށިތަކަށް ގެއްލުންދީން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ފުލުހުން ހައްޔަރުކުރި މީހާ. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ޖުލައި 2026، 10:16

09 ޖުލައި 2026، 10:16

ހުޅުމާލެ ފޭސް 2 ގައި ހުންނަ ވިނަރެސް ފުލެޓުތަކުގެ ކަރަންޓު ފޮށިތަކަށް ގެއްލުންދީ، އެ ތަކެތިން ވައްކަން ކުރި ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ލުކިންގްލާސް، ނަޞްރުﷲ ޝަކީލު ޙުސައިން (38އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ޖުލައި މަހުގެ 7 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދަށް 15 ދުވަހުގެ މުއްދަތެއް ވަނީ ޖަހާފައެވެ.

ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ވިނަރެސް ފުލެޓް 9 ގެ ދެވަނަ ފަންގިފިލާގައި ހުރި ކަރަންޓް ފޮށިތަކަށް ގެއްލުންދީފައިވާ މައްސަލަ ރިޕޯޓުކޮށްފައިވަނީ މި މަހުގެ 5 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. މި މައްސަލަ ހުށަހެޅުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، ކަރަންޓު ފޮށިތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

މި ހާދިސާގައި ކަރަންޓު ފޮށިތަކުގެ އަރތު ނަރުތައް ބުރިކޮށް، އޭގައި ހުރި ކޮޕަރ ފޮތިތައް ވަގަށް ނަގާފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފައެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ފުލެޓުތަކުގެ ކަރަންޓު ނިޒާމަށް ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮވެއެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، މިފަދަ ވައްކަންތައް ހުއްޓުވުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450