Ads by Farudhun

ޚަބަރު

މިއަދު މާލޭގައި އަލިފާނުގެ ތިން ހާދިސާއެއް ހިނގައިފި

މިއަދު މާލޭގައި އަލިފާނުގެ ތިން ހާދިސާއެއް ހިނގައިފި

ގ.މިތުރުގޭގައި ރޯވި އަލިފާންގަނޑު ނިންވާލާފަ. ފޮޓޯ: އެމްއެންޑީއެފް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ޖުލައި 2026، 11:13

09 ޖުލައި 2026، 11:13

މާލޭގެ ތިން ސަރަހައްދެއްގައި މިއަދު އަލިފާނުގެ ހާދިސާތަކެއް ހިނގައިފިއެވެ.

މީގެ ތެރެއިން އެންމެ ފަހުން ހިނގި ހާދިސާގައި މުނިޔާ މަގުގައި ހުރި ގެއެއްގައި ރޯވެފައިވާއިރު، އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މުނިޔާ މަގުގައި ހުރި ގެއެއްގައި ރޯވި އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ. ނަމަވެސް އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ގެއިން އަދިވެސް ވަރަށް ބޮޑަށް ދުން އަރަމުންދެއެވެ. އަދި އެ ސަރަހައްދުގެ ހަނި ގޯޅިތައް އޮތީ އެއްކޮށް ދުމުން ފުރިފައެވެ.

އަލިފާން ރޯވި ތަނަކީ ފޮތި ރައްކާކޮށްފައި ހުރި ގުދަނެއް ކަމަށް ހިސާން ވިދާޅުވިއެވެ.

"އެތަނުން އަލިފާން ކޮންޓްރޯލް ކުރެވިފައި ވިޔަސް އަދިވެސް ދުން އަރަމުންދާތީ އެ ތަން ފަޔަ އެންޑް ރެސްކިއު ޓީމުން މޮނިޓާކުރަމުން އަންނަނީ،"

ހިސާން ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައި ވަނީ ބިދޭސީން ދިރިއުޅޭ ތަނެއްގައެވެ. އަލިފާން ރޯވުމާ އެކު އެ ގޭގައި އުޅޭ ބިދޭސީން ވަނީ އެމީހުންގެ ބައެއް މުދަލާއި ފޮށިތަކާ އެކު ބޭރަށް ނިކުމެފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

މި ހާދިސާތައް ހިނގަން މެދުވެރިވި ސީދާ ސަބަބެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ. އެމްއެންޑީއެފުން އަންނަނީ މި ހާދިސާތައް އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450