Ads by Farudhun

ޚަބަރު

ހިސާބަކީ ދިރިއުޅުމުގެ އަމަލީ ކަންކަމާ ގުޅިފައިވާ އިލްމެއްކަން ދަރިވަރުންނަށް ވިސްނައިދޭންޖެހޭ: މެޑަމް ސާޖިދާ

ހިސާބަކީ ދިރިއުޅުމުގެ އަމަލީ ކަންކަމާ ގުޅިފައިވާ އިލްމެއްކަން ދަރިވަރުންނަށް ވިސްނައިދޭންޖެހޭ: މެޑަމް ސާޖިދާ

މެޑަމް ސާޖިދާ މުޙައްމަދު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 ޖުލައި 2026، 01:08

09 ޖުލައި 2026، 01:08

ހިސާބު އިލްމަކީ ހަމައެކަނި ކްލާސްރޫމްތަކާއި ފޮތްތަކުން އުނގެނޭ މާއްދާއެއްގެ ބަދަލުގައި، އެއީ ދިރިއުޅުމުގެ އަމަލީ ކަންކަމާ ގުޅިފައިވާ މުހިންމު އިލްމެއްކަން ދަރިވަރުންނަށް ވިސްނައިދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ލިޔުއްވި "މެތަމެޓިކަލް ތިންކިންގ އިން ދަ މޯލްޑިވްސް" ފޮތް ނެރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، އިއްޔެ ރާއްޖޭގެ ލިޔުންތެރިންގެ ދުވަސް ފާހަގަކުރިއިރު، ޤައުމުގެ ތައުލީމީ އަދި ސަޤާފީ ތަރިކައަށް މުހިންމު އިތުރުވުމެއް ގެނެސްދޭ މިފަދަ ފޮތެއް ނެރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވިއެވެ. އަދި މި ފޮތަކީ ރާއްޖޭގެ ސަޤާފަތާއި، ހިސާބު ޢިލްމާއި، ތަޢުލީމީ މަންހަޖު އެކުލަވާލުމުގައި ހުރި ގުޅުންތައް ދިރާސާކޮށްފައިވާ މުހިންމު މަސައްކަތެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މި މަސައްކަތުގެ ސަބަބުން ޢިލްމު ރައްކާތެރިކުރެވި، އާދަކާދަތައް ލިޔެވި، އަދި އުނގެނުމުގެ އައު މަގުތަކެއް ކޮށިގެންދޭ. މިފަދަ މަސައްކަތެއް ކުރުމަށް ހަމައެކަނި އެކަޑަމިކް ތަޖުރިބާގެ އިތުރުން، ކެތްތެރިކަމާއި، އައު ކަންކަން ހޯދުމުގެ ޝައުގުވެރިކަމާއި، އަދި އަޅުގަނޑުމެންގެ ރައްޔިތުންގެ ތާރީޚާއި އާދަކާދަތަކަށް އޮންނަ ފުން ގަދަރެއް ބޭނުންވޭ،

      މެޑަމް ސާޖިދާ 

އެކަމަނާ އިތުރަށް ވިދާޅުވީ، ހިސާބަކީ ހަމައެކަނި ސްކޫލުގައި ކިޔަވާ މާއްދާއެއް ނޫން ކަމަށާއި، މިއީ ކަންކަމުގައި ބުއްދިވެރި ނިންމުންތައް ނިންމުމަށާއި، އުފެއްދުންތެރި ވިސްނުމަށާއި، މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ މުހިންމު ހުނަރެއް ކަމަށެވެ. އަދި ސައިންސާއި، ޓެކްނޮލޮޖީއާއި، ފައިނޭންސް ފަދަ ދާއިރާތަކުގެ ބިންގަލަކީވެސް ހިސާބު ޢިލްމުކަން ފާހަގަކުރައްވައި، ރާއްޖޭގެ ދަރިވަރުން ހިސާބަކީ އުނދަގޫ މާއްދާއެއްގެ ގޮތުގައި ދެކޭ ދެކުން ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ޓެކްނޮލޮޖީގެ ސަބަބުން ދުނިޔެ ބަދަލުވަމުންދާއިރު، އަންނަން އޮތް ޖީލުތަކަށް ހިސާބުގެ ވަރުގަދަ ހުނަރުތަކެއް ހުރުމަކީ ރާއްޖޭގެ މުސްތަޤުބަލަށާއި ތަނަވަސްކަމަށް ކުރެވޭ އިންވެސްޓްމަންޓެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޤައުމީ ޔުނިވަރސިޓީން ޤައުމުގެ ތަރައްޤީއަށް ބޭނުންވާ ދިރާސާތައް ކުރުމަށް ދޭ އަހައްމިއްޔަތަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ފޮތުގެ މުސައްނިފު ޑރ. ޝެހެނާޒް، ދިވެހި އާދަކާދަތަކާއި ތާރީޚު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ކުރެއްވި އިޚްލާޞްތެރި މަސައްކަތަށް އެކަމަނާ ވަނީ ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450