Ads by Farudhun

ޚަބަރު

ކްރޫޒްލައިނާތަކުން ރާއްޖެއަށް 15،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ކްރޫޒްލައިނާތަކުން ރާއްޖެއަށް 15،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

މާލެ ކައިރީގައި ކުރޫޒް ލައިނާއެއް ބަނދަރު ކުރެވިފައި - ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

09 ޖުލައި 2026، 01:44

09 ޖުލައި 2026، 01:44

މިއަހަރުގެ މިހާތަނަށް ކްރޫޒްލައިނާތަކުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 15،000 އަށްވުރެ މައްޗަށް އަރާފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ޖުމްލަ 15،577 ފަތުރުވެރިން ކްރޫޒްލައިނާތަކުގައި ރާއްޖެ އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 8،263 ފަތުރުވެރިންނާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. ނަމަވެސް، މި ހިނގާ ޖުލައި މަހުގެ މިހާތަނަށް އެއްވެސް ކްރޫޒްލައިނާއެއް ރާއްޖެއަށް ބަނދަރުކޮށްފައި ނުވާކަން އެ މިނިސްޓްރީއިން ހާމަކުރެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ޖުމްލަ ހާލަތަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް 1.1 މިލިއަން މީހުން ރާއްޖެ އައިސްފައިވެއެވެ. މީގެ ތެރޭގައި ފަތުރުވެރިންގެ ގޮތުގައި އައި އެއް މިލިއަން މީހުންނާއި، ވިޔަފާރީގެ ބޭނުންތަކަށް ރާއްޖެއަށް ދަތުރުކުރި 9،637 މީހުން ހިމެނެއެވެ. އެހެންނަމަވެސް، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދަތުރުފަތުރަށް ބުރޫއަރައި، ފަތުރުވެރިން އަންނަ މިންވަރު މިދިޔަ އަހަރާ އަޅާބަލާއިރު 4.9 އިންސައްތަ ވަނީ ދަށްވެފައެވެ. މި ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަންނަން އޮތް ގިނަ ފްލައިޓްތަކެއްގެ ދަތުރުތައް ކެންސަލްކުރަން ޖެހުމަކީ މި އަދަދު ދަށްވުމުގެ މައިގަނޑު ސަބަބެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ މިހާތަނަށް ރާއްޖެއަށް 39،121 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އެ އަދަދު ހުރީ 40،070 ގައެވެ. މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ޗައިނާ (178،071 ފަތުރުވެރިން) އަދި ރަޝިއާ (156،752 ފަތުރުވެރިން) ހިމެނެއެވެ. މީގެ އިތުރުން އިނގިރޭސިވިލާތް، އިޓަލީ އަދި ޖަރުމަނަކީވެސް ފާހަގަކޮށްލެވޭ މާކެޓްތަކެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. މިވަގުތު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 179 ރިސޯޓާއި، 926 ގެސްޓްހައުސްގެ އިތުރުން 16 ހޮޓަލާއި 173 ސަފާރީ އުޅަނދު ދަނީ ފަތުރުވެރިންނަށް ހިދުމަތް ދިނުމުގައި އޮޕަރޭޓް ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450