Ads by Farudhun

ޚަބަރު

މޫސުމީ ބަދަލުތަކުން ކުޑަކުދިންނާއި ޒުވާނުންނަށް ކުރާ އަސަރު ކުޑަކުރުމަށް ޔުނިސެފާ މަޝްވަރާކޮށްފި

މޫސުމީ ބަދަލުތަކުން ކުޑަކުދިންނާއި ޒުވާނުންނަށް ކުރާ އަސަރު ކުޑަކުރުމަށް ޔުނިސެފާ މަޝްވަރާކޮށްފި

ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

10 ޖުލައި 2026، 10:43

10 ޖުލައި 2026، 10:43

ކުޑަކުދިންނާއި ޒުވާނުންނަށް މޫސުމީ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަކުރުމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް، ޔުނިސެފުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އެޑްވަރޑް އަޑާއީއާއި އެކު މަޝްވަރާކޮށްފިއެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ މޫސުމީ ބަދަލުތަކަށް ހޭނުމަށާއި، އެފަދަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކަށް ކުޑަކުދިންނާއި ޒުވާނުން އަހުލުވެރިކުރުވުމަށް ދެ ފަރާތުން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ މެދު މަޝްވަރާކުރުން ކަމަށް މޫސުމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އެގޮތުން، ތިމާވެށީގެ މައްސަލަތަކުގައި ކުޑަކުދިންގެ ބައިވެރިވުން އިތުރުކުރުމާއި، މޫސުމީ ކަންކަމުގައި ދިފާއީ ނިޒާމު ވަރުގަދަކުރުމަށްޓަކައި އިސްކަންދޭންޖެހޭ މުހިންމު ދާއިރާތަކާ ބެހޭގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.



 ރާއްޖެ ކަހަލަ ނާޒުކު ތިމާވެއްޓެއް އޮތް ގައުމަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކަލަކީ މޫސުމީ ބަދަލުތައްކަން  ފާހަގަކުރައްވާ ވަޒީރު ވަނީ، މިކަމުގައި ޔުނިސެފުން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި  ޑރ. އެޑްވަރޑް އަޑާއީ ވަނީ ކުޑަކުދިންގެ ކުރިމަގު އުޖާލާކުރުމަށާއި ތިމާވެށީގެ ރައްކާތެރިކަމަށް ދިވެހި ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.

މި ބައްދަލުވުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި މޫސުމީ ބަދަލުތަކުން ކުޑަކުދިންނާއި ޒުވާނުންނަށް ކުރާ އަސަރުތައް ކުޑަކުރުމަށް ހިންގޭ މަޝްރޫއުތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވޭކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450