Ads by Farudhun

ޚަބަރު

މިދިޔަ މަހު އާމްދަނީގެ ގޮތުގައި މީރާއަށް 2.92 ބިލިއަން ރުފިޔާ

މިދިޔަ މަހު އާމްދަނީގެ ގޮތުގައި މީރާއަށް 2.92 ބިލިއަން ރުފިޔާ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ. ފޮޓޯ: އިންޓަނެޓް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

10 ޖުލައި 2026، 02:51

10 ޖުލައި 2026، 02:51

މިދިޔަ މަހު އާމްދަނީގެ ގޮތުގައި 2.92 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް  މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ. 

މީރާއިން ވިދާޅުވީ މިއީ،  މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާ ކޮށްފައިވާ އާމްދަނީއަށްވުރެ 14.7 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 10.1 އިންސައްތަ އިތުރު އަދަދެއްކަމަށް ވެސް މީރާއިން ވިދާޅުވެއެވެ.

މިކަމުގެ މައިގަނޑު ސަބަބަކީ، ޖީއެސްޓީއާއި، ބޭންކް އިންކަމް ޓެކްސް، ގްރީން ޓެކުސް އަދި އެއަރޕޯޓުންނަގާ ޓެކްސާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ކަމަށް މީރާއިން ވިދާޅުވެއެވެ. އަދި އެއާއެކު، މެއި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އަންދާޒާކޮށްފައިވާ ވަރަށްވުރެ 1.7 އިންސައްތަ އިތުރުވެފައިވުމުން، ފަތުރުވެރިކަމުގެ ދާއިރާގެ ޓްކްސާއި ފީ އިތުރުވެފައިވާކަން މީރާއިން ހާމަކުރެއެވެ.

އަދި މީގެއިތުރުން، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ފީ އާއި، ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމަށް ނަގާ ފީއާއި، ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި ލިބުނު ފައިސާއަކީ ވެސް އާމްދަނީ އިތުރުވި އެއް ސަބަބުކަމަށް މީރާއިން ވިދާޅުވެއެވެ. އަދި ހަމައެހެންމެ، އާމްދަނީގެ 14.3 އިންސައްތައަކީ މީރާއަށް ކުރިން ދައްކަންޖެހޭ ފީގެ ތެރެއިން ނުދައްކާހުރި ފީތައްކަމަށާއި، އާމްދަނީގެ 23.4 އިންސައްތައަކީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ލިބުނު އާމްދަނީ ކަމަށް މީރާއިން ބުނެއެވެ.



މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު އާމްދަނީއާ އަޅާބަލާއިރު، މިއަހަރުގެ ޖޫން މަހުގެ އާމްދަނީ އިތުރުވެފައިވަނީ،  ޖީއެސްޓީ އާއި ބޭންކް އިންކަމް ޓެކުހުގެ އިތުރުން ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހުގެ އާމްދަނީ އިތުރުވުން ކަމަށް މީރާއިން ވިދާޅުވެއެވެ. އަދި ބޭންކް އިންކަމް ޓެކްސް އިތުރުވީ ޓެކްސް ދައްކަންޖެހޭ މުއްދަތުގެ ކުރިން އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ފައިސާ ދައްކައިފައިވާތީއާއި، 2025 ވަނަ އަހަރުގެ ބޭންކް އިންކަމް ޓެކްސް ދައްކަންޖެހޭ ފަރާތްތަކުން،  ދައްކަންޖެހޭ މުއްދަތުގެ ތެރޭގައި ފައިސާދައްކާ ނިންމާފައިވާތީއެވެ. ކުރީ އަހަރަށްވުރެ މިއަހަރުގެ މެއި މަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދު 1.5 އިންސައްތަ އިތުރުވެފައިވާތީ، ފަތުރުވެރިކަމުގެ ދާއިރާގެ އާމްދަނީ ވެސް ވަނީ އިތުރުވެފައެވެ.

އެންމެ ބޮޑު އާމްދަނީއެއް މިދިޔަ މަހު ލިބިގެންދިޔައީ، ފަތުރުވެރިކަމުން ނަގާ ޓެކްސް (ޓީޖީއެސްޓީ) ގެ ގޮތުގައެވެ. އެއީ އާމްދަނީގެ 37.2 އިންސައްތަ، ނުވަތަ 1.08 ބިލިއަން ރުފިޔާއެވެ. ދެ ވަނައަށް އެންމެ ބޮޑުބައެއް ހިއްސާކޮށްފައިވަނީ އިންކަމް ޓެކްސްގެ ގޮތުގައި ނެގުނު 799 މިލިއަން ރުފިޔާއެވެ. މިއީ އާމްދަނީގެ 27.4 އިންސައްތައެވެ. މީގެ އިތުރުން ރިސޯޓްތަކުން ކުލީގެ ގޮތުގައި 411 މިލިޔަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި، 157 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 135 މިލިއަން ރުފިޔާ އަދި ޑިޕާޗަރ ޓެކްސްގެ ގޮތުގައި ވަނީ 134 މިލިޔަން ރުފިޔާ ލިބިފައެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450