Ads by Farudhun

ޚަބަރު

މާލެ ކައިރިން ދެ އުޅަނދު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި: ފިލި އުޅަނދު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި

މާލެ ކައިރިން ދެ އުޅަނދު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި: ފިލި އުޅަނދު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި

ހުސެއިން އާދަމް ބިލްޑިންގ - ފޮޓޯ: ޕީއެސްއެމް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

11 ޖުލައި 2026، 10:10

11 ޖުލައި 2026، 10:10

މާލޭގެ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން ދެ އުޅަނދެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

 ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2026 ޖުލައި 9 ވާ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗަކާއި އިތުރު އުޅަނދެއް ޖެހިގެންނެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، އެކްސިޑެންޓް ހިނގުމަށްފަހު "ލީޖަން 1" ނޫން އަނެއް އުޅަނދު ވަނީ މަޑުނުކޮށް އެ ސަރަހައްދުން ގޮސްފައެވެ. މި ހާދިސާގައި އުޅަނދުތަކަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން މިހާރު ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ. ވަކިން ހާއްސަކޮށް، އެކްސިޑެންޓަށްފަހު މަޑުނުކޮށް ފިލައިގެން ދިޔަ އުޅަނދު ހޯދުމުގެ މަސައްކަތް މެރިން ޕޮލިހުން ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.

އެހެންކަމުން، މި ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ މަޑުނުކޮށް ދިޔަ އުޅަނދާ ބެހޭ އެއްވެސް ތަފްސީލެއް އެނގޭ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެ މައުލޫމާތެއް ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. މައުލޫމާތު ހިއްސާކުރުމަށް މެރިން ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9926094 އަށް ގުޅުއްވުމަށް ފުލުހުން އެދެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450