Ads by Farudhun

ޚަބަރު

"ރައްޔިތުންނަށް ބޭންކު ރޭޓުގައި ޑޮލަރު ދޫކުރުމުގައި މި ސަރުކާރުން ވަނީ ރެކޯޑެއް ހަދާފައި" - ފަލާހު

"ރައްޔިތުންނަށް ބޭންކު ރޭޓުގައި ޑޮލަރު ދޫކުރުމުގައި މި ސަރުކާރުން ވަނީ ރެކޯޑެއް ހަދާފައި" - ފަލާހު

އެމްޕީ ފަލާހު - ފޮޓޯ: އެމްވީ ޕްލަސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

11 ޖުލައި 2026، 02:52

11 ޖުލައި 2026، 02:52

ދިވެހި ރައްޔިތުންގެ ޟަރޫރީ ބޭނުންތަކަށް ބޭންކު ރޭޓުގައި ޑޮލަރު ފޯރުކޮށްދިނުމުގައި، ރާއްޖޭގެ ތާރީޚުގައިވެސް މިހާ ފަސޭހަ ދުވަސްވަރެއް ފެނިފައި ނުވާކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި، އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ވަނީ ޑޮލަރުގެ ދަތިކަމާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީން ދައްކަމުންދާ ވާހަކަތަކަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ، އެމްޑީޕީން ފުރަތަމަ ވެރިކަމަށް އައީ ލެޕްޓޮޕަކުން ގައުމު ހިންގިދާނެ ކަމަށް ބުނެ ނަމަވެސް، ވެރިކަން ނިމިގެންދިޔައީ ގައުމު ހިންގާނެ ގޮތެއް ނޭނގި، ތަކެތީގެ އަގު އުފުލި ރައްޔިތުން މުޒާހަރާއަށް ނުކުތުމުން ކަމަށެވެ.

ފަލާހު ވިދާޅުވި ގޮތުގައި މިއަދުގެ ސަރުކާރުން ވަނީ އާންމު ފަރުދުންނަށް ބޭނުންވާ ޑޮލަރު ހޯދުމުގައި ބޮޑެތި ލުއިތަކެއް ހޯދައިދީފައެވެ. އެގޮތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި:

  • ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ މީހުންނަށް ބޭންކު ރޭޓުގައި (15.42 ރުފިޔާ) 1,000 ޑޮލަރު ލިބުން.
  • ޙައްޖާއި ޢުމްރާގެ އަޅުކަމަށް ބޭނުންވާ މިންވަރަށް ބޭންކު މެދުވެރިކޮށް ޑޮލަރު ހަމަޖެހުން.
  • ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ޑޮލަރު މެދުކެނޑުމެއްނެތި ދޫކުރުން.
  • ދަތުރުވެރިންނަށް ކާޑުތައް މެދުވެރިކޮށް 3,000 ޑޮލަރާ ހަމައަށް މުއާމަލާތް ކުރެވޭނެ އިންތިޒާމު އޮތުން.

"އާންމު ރައްޔިތުންނަށް މިއަށްވުރެ ފަސޭހައިން ބޭންކު ރޭޓުގައި ޑޮލަރު ލިބުނު ޒަމާނެއް ނާންނާނެ،"

 ފަލާހު ވިދާޅުވިއެވެ.

މީގެ އިތުރުން، ވިޔަފާރިވެރިންނަށް މުދާ އެތެރެކުރުމަށް ބޭންކުން ދޭ އެހީތެރިކަމުގެ ސަބަބުން، ޑޮލަރުގެ އެވްރެޖް އަގު 18 ރުފިޔާގައި ހިފެހެއްޓިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އިޤްތިޞާދީ ގޮންޖެހުންތަކުގެ އަސްލަކީ އެމްޑީޕީގެ ވެރިކަމުގައި އަށް ބިލިއަން ރުފިޔާ ޗާޕުކުރުން ކަމަށް ތުހުމަތުކުރައްވަމުން ފަލާހު ވިދާޅުވީ، ކުރީ ސަރުކާރުން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު (SDF) ވެސް ދެ މިލިއަން ޑޮލަރަށް ހުސްކޮށްލާފައިވާ ކަމަށެވެ. އަދި ބޮޑެތި ދަރަނިތައް ނަގައިގެން ކުރި އެއްވެސް މަސައްކަތެއް ރައްޔިތުންނަށް ފެންނަން ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450