Ads by Farudhun

ޚަބަރު

މިދެދުވަހު އެކަނިވެސް މަސްވެރިން ކިރުވި މަހަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

މިދެދުވަހު އެކަނިވެސް މަސްވެރިން ކިރުވި މަހަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

މަސްވެރިން މަސައްކަތުގައި ހަރަކާތްތެރިވަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ޖުލައި 2026، 03:27

11 ޖުލައި 2026، 03:27

މަސްވެރިން ކިރުވާފައިވާ މަހަށް ފާއިތުވި ހަފުތާގެ ބުދަ އަދި ބުރާސްފަތި ދުވަހު ޖުމްލަ 2.3 މިލިއަން ރުފިޔާ މިފްކޯއިން ދޫކޮށްފިއެވެ.

 މިއީ މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ދޫކުރެވުނު ފައިސާއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، 2024 ވަނަ އަހަރުގެ ޑިސެންބަރު 10 ވަނަ ދުވަހުން ފެށިގެން މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަމުންދެއެވެ. މީގެ އިތުރުން މި އަހަރު މިފްކޯއިން ވަނީ ބޮޑުކަންނެލި ކިރުވަން ފަށައި، ބޮޑުކަންނެލި މަސްވެރިންނަށްވެސް މި މުއްދަތުގެ ތެރޭގައި ފައިސާ ދޫކުރަން ފަށާފައެވެ.

މިފްކޯއިން ހާމަކުރި ހިސާބުތަކަށް ބަލާއިރު، ޖުލައި 8 ވީ ބުދަ ދުވަހު ޖުމްލަ 30 ދޯންޏަކުން މަސް ކިރުވާފައިވެއެވެ. އެ ދުވަހު ކަޅުބިލަމަސް ކިރުވި 28 ދޯންޏަކަށް 1.2 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 4 ދޯންޏަކަށް 18,025 ރުފިޔާ ވަނީ ދޫކޮށްފައެވެ. އެހެންކަމުން ބުދަ ދުވަހު ކިރުވި މަހަށް ޖުމްލަ 1.23 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

ޖުލައި 9 ވީ ބުރާސްފަތި ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ދުވަހު ޖުމްލަ 32 ދޯންޏަކުން މަސް ކިރުވާފައިވެއެވެ. މީގެ ތެރޭގައި ކަޅުބިލަމަސް ކިރުވި 30 ދޯންޏަކަށް 1.1 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އަދި 10 ކިލޯއިން މަތީގެ ކަންނެލި ކިރުވި 3 ދޯންޏަކަށް 7,860 ރުފިޔާ އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 3 ދޯންޏަކަށް 12,675 ރުފިޔާ ވަނީ ދޫކޮށްފައެވެ. ބުރާސްފަތި ދުވަހު ދޫކުރި ފައިސާގެ ޖުމްލަ އަދަދަކީ 1.14 މިލިއަން ރުފިޔާއެވެ.

ސަރުކާރުގެ އަމާޒަކީ މަސްވެރިންނަށް ލިބެންޖެހޭ ފައިސާ އެއްވެސް ދަތިކަމެއް ނެތި، ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ފޯރުކޮށްދިނުމެވެ. މިފްކޯއިން އަންނަނީ މި ނިޒާމު ހަރުދަނާކޮށް، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދޫކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450