Ads by Farudhun

ޚަބަރު

ތ. ދިޔަމިގިލީ ސްކޫލް އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ރޭނުމުގެ މަސައްކަތް ނިންމާލައިފި

ތ. ދިޔަމިގިލީ ސްކޫލް އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ރޭނުމުގެ މަސައްކަތް ނިންމާލައިފި

ދިޔަމިގިލީ ސްކޫލް އިމާރާތުގެ މަސައްކަތް ސިފައިން ކުރަނީ. ފޮޓޯ: އެމްއެންޑީއެފް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ޖުލައި 2026، 07:10

11 ޖުލައި 2026، 07:10

ތ. ދިޔަމިގިލީގައި ސިފައިން އިމާރާތްކުރަމުންދާ ސްކޫލް އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ރޭނުމުގެ ހުރިހާ މަސައްކަތެއް ނިންމާލައިފިއެވެ. މި މަސައްކަތަކީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިންނާ ގުޅިގެން އެމްއެންޑީއެފް ސަރވިސް ކޯރގެ މިލިޓަރީ އިންޖިނިއަރސް (އެމްއީ)ގެ ފަންނީ ސިފައިން ކުރަމުންދާ މަސައްކަތެކެވެ.

އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި، މިހާރު ކުރިއަށްދަނީ ފުރަތަމަ ފަންގިފިލާގެ ފާހާނާތަކުގެ ތަޅުންއެޅުމާއި ތަނބުތަކާއި ބެރިތަކުގެ ދާރަ ހެދުމުގެ މަސައްކަތެވެ. މީގެ އިތުރުން، އިމާރާތުގެ ދެވަނަ ފަންގިފިލާގެ ރޭނުމުގެ މަސައްކަތްތައް ވެސް މިހާރު ވަނީ ފަށާފައެވެ.

ދެ ފަންގިފިލާއަށް އިމާރާތްކުރާ މި ސްކޫލަކީ 10 ކުލާސް ރޫމް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ އިމާރާތެކެވެ. މި އިމާރާތުގެ މަސައްކަތް އަވަހަށް ނިންމުމަށްޓަކައި ސިފައިންނާ ހަވާލުކޮށްގެން މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާރިޗު މަހުގެ 31 ވަނަ ދުވަހުއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ސިފައިން މި މަސައްކަތާ ހަވާލުވިއިރު، މުޅި އިމާރާތުގެ ނިމިފައިވަނީ އެންމެ 30 އިންސައްތަ މަސައްކަތެވެ. ނަމަވެސް ސިފައިން މަސައްކަތާ ހަވާލުވުމަށްފަހު ވަރަށް ހަލުވި މިނެއްގައި އިމާރާތުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450