Ads by Farudhun

ޚަބަރު

ގްލޯބަލް ފަންޑް ޓު ފައިޓް އެއިޑްސް، ޓީބީ އަދި މެލޭރިއާގެ ބޯޑަށް ރާއްޖެ ހޮވިއްޖެ

ގްލޯބަލް ފަންޑް ޓު ފައިޓް އެއިޑްސް، ޓީބީ އަދި މެލޭރިއާގެ ބޯޑަށް ރާއްޖެ ހޮވިއްޖެ

ގްލޯބަލް ފަންޑް ޓު ފައިޓް އެއިޑްސް، ޓީބީ އަދި މެލޭރިއާގެ ބޯޑަށް ރާއްޖެ ހޮވުން. ފޮޓޯ: ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ޖުލައި 2026، 07:53

11 ޖުލައި 2026، 07:53

ގްލޯބަލް ފަންޑް ޓު ފައިޓް އެއިޑްސް، ޓިއުބަކިއުލޯސިސް އަދި މެލޭރިއާގެ ބޯޑު މެންބަރެއްގެ ގޮތުގައި ތަމްސީލް ކުރުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ލިބިފައިވާ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

 މިއީ ބައިނަލްއަޤްވާމީ ޞިއްޙީ ސިޔާސަތުތައް ކަނޑައެޅުމުގައި ރާއްޖެއަށް މިހާރަށް ވުރެ ފުޅާ ދައުރެއް އަދާކުރުމަށް ލިބުނު މުހިންމު ފުރުޞަތެކެވެ.

ޞިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވީ، ޖެނީވާގައި މިމަހުގެ 9 އިން 10 އަށް ކުރިއަށްދިޔަ އެ ޖަމްޢިއްޔާގެ 55 ވަނަ ބޯޑު ބައްދަލުވުމުގައި ދިވެހިރާއްޖެއިން ތަމްސީލް ކުރަމުންދަނީ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދު ކަމަށެވެ. މިއީ ރާއްޖެއަށް ލިބިގެންދިޔަ ބޮޑު ފަޚުރެއްގެ ގޮތުގައި އެ ވުޒާރާއިން ސިފަކުރައްވައެވެ.

ސަރަޙައްދީ ޞިއްޙީ ދާއިރާ ކުރިއެރުވުމުގެ ވަޢުދު
ރާއްޖެއިން މި މަޤާމު އަދާކުރަނީ ސަރަޙައްދީ ފެންވަރުގައި ޞިއްޙީ ހަމަހަމަކަން ޤާއިމްކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ޞިއްޙީ ނިޒާމު ކުރިއެރުވުމުގެ މަޤްޞަދުގައެވެ. މީގެ އިތުރުން އެޗްއައިވީ، ޓީބީ އަދި މެލޭރިއާއާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަކީ ރާއްޖޭގެ މުހިންމު ވަޢުދެކެވެ.

ދެކުނު އިރުމަތީ އޭޝިއާ ތަމްސީލް ކުރާއިރު، ރާއްޖެއަކީ ޞިއްޙީ ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ޤައުމެކެވެ. އެގޮތުން މައިމީހާގެ ފުށުން ދަރިފުޅަށް އެޗްއައިވީ، ސިފިލިސް، އަދި ހެޕަޓައިޓިސް ބީ ވާރުތަވުން މުޅީން ހުއްޓުވައި އެކަމުގެ ކާމިޔާބީ ހާސިލްކުރި ދުނިޔޭގެ ފުރަތަމަ ޤައުމަކީ ރާއްޖެއެވެ. މި ކާމިޔާބީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (WHO) އިން ރަސްމީކޮށް އިޢުލާންކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ.

ޖެނީވާގައި ބޭއްވި 55 ވަނަ ބޯޑު ބައްދަލުވުމަށްފަހު، ދެން އެންމެ އަވަހަށް ބާއްވާ 56 ވަނަ ބައްދަލުވުން އޮންނާނީ މިއަހަރުގެ އޮކްޓޫބަރު މަހުގައެވެ. ރާއްޖެއިން ދަނީ ބައިނަލްއަޤްވާމީ ޞިއްޙީ މައިދާނުގައި ފާހަގަކޮށްލެވޭ ގިނަ ކުރިއެރުންތަކެއް ހޯދަމުންނެވެ.
 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450