Ads by Exprox

ޚަބަރު

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 7 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށާއި، ކުންފުންޏަކަށް

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 7 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށާއި، ކުންފުންޏަކަށް

ޤައުމީ އިނާމާއި ހިތްވަރުދިނުމުގެ ޤައުމީ އިނާމު ދިނުމުގެ ޙަފްލާގެ ތެރެއިން- ފޮޓޯ: ރައިސް އޮފީސް

farudhun logo

ފަރުދުން

04 ސެޕްޓެމްބަރު 2024، 12:45

04 ސެޕްޓެމްބަރު 2024، 12:45

ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 7 ބޭފުޅަކަށާއި، އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށާއި، 1 ކުންފުންޏަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދެއްވައިފިއެވެ. 

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލައެކެވެ.

މިއަދު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި 7 ބޭފުޅުންނަކީ: 


1. ދެމިހުންނަނިވި ޚާއްޞަ ޚިދުމަތެއްކުރުމުގެ ދާއިރާއިން: އަލްމަރްޙޫމް މުޙައްމަދު ތައުފީޤުގެ ހަނދާނަށް

2. ޞިއްޙީ ދާއިރާއިން: ޑޮކްޓަރ ޢަބްދުލްޢަޒީޒު ޔޫސުފް

3. ކުދިފަންތިއާއި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން: މުޙައްމަދު މާޖިދު

4. ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން: މޫސާ ލަޠީފް

5. ކުޅިވަރުގެ ދާއިރާއިން: މުޙައްމަދު ނާޞިރު

6. ކުޅިވަރުގެ ދާއިރާއިން: އަޙްމަދު މުޙައްމަދު

7. ޕަރފޯމިންގ އާޓްސްގެ ދާއިރާއިން ޙަސަންމަނިކު

ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އެރުވި 10 ބޭފުޅަކަށާއި، ކުންފުންޏަކީ:


1.  ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ރޮނގުން: އަލްޤާރީ އަޙްމަދު އިބްރާހީމް

2.  ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ރޮނގުން: އަލްއުސްތާޒު ޢަބްދުއްރަޙްމާން ޔޫނުސް

3. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން; އައްޝައިޚް ޢިއްޒައްދީން ޢަދުނާން،

4.ދީނީ ރޮނގުން ޚިދުމަތްކުރުމާއި، މީހުންގެ ހޭލުންތެރިކަން އިތުރުކުރުވުމުގެ ރޮނގުން: އައްޝައިޚް އަޙްމަދު މައުމޫން

5. ތަޢުލީމީ ދާއިރާއިން: އިސްމާޢީލް ސާޖިދު

6. މަސްވެރިކަމުގެ ދާއިރާއިން: އިބްރާހީމް ތައްޚާނު

7. ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން: ރިޔަން ޕްރައިވެޓް ލިމިޓެޑް

8. ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން: ޢާމިރު މަންޞޫރު

9. ބޯޓް ބިލްޑިންގގެ ދާއިރާއިން: ޢަބްދުއްރަޙްމާނު ޔޫސުފް

10. ކަލިނަރީ އާރޓްސްގެ ދާއިރާއިން: ފާޠިމަތު ޢުމަރު

11. ޒުވާނުންގެ ދާއިރާއިން: ޙުސައިން ޢަލީ

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.

ސަރުކާރުން ދެއްވަމުން ގެންދަވާ ޤައުމީ އިނާމަކީ، ދިވެހި ޤައުމާއި ދިވެހި މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ޤައުމުގެ ތަރައްޤީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ. ޤައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރުދިނުމުގެ ޤައުމީ އިނާމެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco