Ads by Farudhun

ޚަބަރު

އުސްފަސްގަނޑު ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

އުސްފަސްގަނޑު ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

އުސްފަސްގަނޑު ކައިރިން ހިނގި އެކްސިޑެންޓް - ފޮޓ: އެމްވީކްރައިސިސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

12 ޖުލައި 2026، 06:19

12 ޖުލައި 2026، 06:19

މާލޭ ބޮޑުތަކުރުފާނު މަގު، އުސްފަސްގަނޑު ސަރަހައްދުގައި މިއަދު ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި، ދަރުބާރުގެ ކައިރިން ބޮޑުތަކުރުފާނު މަގުން ދުއްވާފައި ދިޔަ ލޮރީއަކާއި ސައިކަލެއް ޖެހިގެންނެވެ. ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި، މި އެކްސިޑެންޓް ހިނގި ކަމުގެ ރިޕޯޓް ލިބިފައިވަނީ 15:57 އެހާއިރުއެވެ. އެރިޕޯޓް ލިބުމާއެކު ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ.

މި ހާދިސާގައި އަނިޔާވި މީހާ ވަގުތުން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވީ އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި ނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން ދިވެހި ފިރިހެނެކެވެ.

އެކްސިޑެންޓްވި ސަރަހައްދުގައި ފުލުހުން މިހާރުވެސް ދަނީ ތަހުގީގު ކުރިއަށް ގެންދަމުންނެވެ. ނަމަވެސް، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މި ފަހަކަށް އައިސް މާލޭގެ މަގުތަކުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރުވަމުންދާތީ، އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. ފުލުހުން ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށާއި، ލިބޭ މައުލޫމާތުތައް ހިއްސާ ކުރަމުންދާނެ ކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކްސިޑެންޓްތައް ހިނގަމުންދާތީ އެކަންކަން ހުއްޓުވުމަށް ފުލުހުން ދަނީ މަސައްކަތްތަކެއް ކުރަައްވަމުނެވެ. އެ ގޮތުން މަގުމަތި ޕެޓރޯލްކޮށް ބެލެހެއްޓުމާއި، ހޭލުންތެރިކުރުމަށް ޕްރޮގްރާމް ހިންގުން ހިމެނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450