Ads by Exprox

ޚަބަރު

ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި އެންމެ ބޮޑަށް ފޯކަސް ކުރީ ޤަވާއިދާއި ޚިލާފަށް ވިޔަފާރިކުރާ މީހުންނަށް: ޝަމްޢާން

ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި އެންމެ ބޮޑަށް ފޯކަސް ކުރީ ޤަވާއިދާއި ޚިލާފަށް ވިޔަފާރިކުރާ މީހުންނަށް: ޝަމްޢާން

އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާން ވަޙީދު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ޑިސެމްބަރު 2024، 03:10

01 ޑިސެމްބަރު 2024، 03:10

ފާއިތުވި އަހަރުތެރޭގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި އެންމެ ބޮޑަށް ފޯކަސް ކުރީ ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ މީހުންނަށް ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަޙިދު ވިދާޅުވެއްޖެއެވެ.

ޝަމްޢާން މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ގެނެސްދޭ ހަފްތާ52 ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާން ވަނީ ފާއިތުވި އަހަރު ދުވަސް ތެރޭގައި ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރެވިފައިވާ ކަންކަން ޚިއްސާކުރައްވައިފައެވެ. 

ޝަމްޢާންގެ ވާހަކަފުޅުގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި އެންމެ ބޮޑަށް އިސްކަންދިނީ، ގޭގޭގައި ފެކްޓްރީ ހަދައިގެން ދިވެހިންގެ ނަމުގައި ހިންގަމުންދިޔަ ވިޔަފާރިތައް ހުއްޓުވުމަށް ކަމަށް ވިދާޅުވިއެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކުރެއްވި މަސައްކަތުގެތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް މައްސަލައަކީ ދިވެހިން ނިވާފަތްގަނޑަކަށް ހަދައިގެން ހިންގަމުން ދިޔަ ވިޔަފާރިތަކުގެ މައްސަލަ ކަން ފާހަގަކުރައްވާ ޝަމްޢާން ވިދާޅުވީ، އެތަންތަނުގެ ސާފުތާހިރުކަން ވަރަށް ކުޑަކަމަށެވެ.

މި ކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާން ވިދާޅުވީ ރެއިޑް އޮޕަރޭޝަންތަކުން އެންމެ ބޮޑަށް ފާހަގަވި ކަމަކީ ބައެއް ގޭގޭގައި ބޮޑެތި ފެކްޓަރީތައް ހަދާފައި ހުރިކަން ކަމަށެވެ. އަދި ދިވެހިން ކާންބޯކުރާ މަސައްކަތަކުގައި ދިވެހި ލޭބަލް ޖަހައިގެން، ދިވެހި އުފެއްދުންތައް ކަމަށް ހަދައިގެން ވިޔަފާރިކުރަމުންދާކަން ކަމަށްވެސް ޝަމްޢާން ފާހަގަކުރެއްވެވިއެވެ. 

ކޮންޓްރޯލަރ ވިދާޅުވީ، ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ދިވެހިން ނިވާފަތްގަނޑަކަށް ހަދައިގެން ބޮޑެތި ވިޔަފާރިތައް ކުރަމުންދާ ބިދޭސީންނަށް، އިތުރު ފުރުސަތެއް ނުދީ ފޮނުވާލަމުންދާ ކަމަށެވެ. މިއާއެކު މިވޭތުވެދިޔަ އަހަރު ތެރޭގައި 5000އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލެވިފައިވާ ކަމާށާއި އެއީ ރިކޯޑު އަދަދެއްކަމަށްވެސް ޝަމްޢާން ވަނީ ވިދާޅުވެފައެވެ. 

މީގެއިތުރުން ޝަމްޢާންގެ ވާހަކަފުޅުގައި ވިދާޅުވެފައިވަނީ މި މައްސަލަ ޙައްލުކުރުމަށް އިމިގްރޭޝަން ނިޒާމުގެތެރޭގައިވެސް ގިނަ މައްސަލަތަކެއް ހުރިކަމަށެވެ. ނަމަވެސް އެ ނިޒާމުގެ މައްސަލަތައް ޙައްލުކޮށް، ބައެއް ޢަމަލުކުރަމުން އައި ބައެއް އުސޫލްތަކަށްވެސް ބަދަލުތަކެއް ގެންނެވިކަމަށް ޝަމްޢާން ވިދާޅުވިއެވެ.

 ޚާއްޞަކޮށް އެމައްސަލަ ހައްލުކުރުމަށް މަދު ދުވަސްކޮޅެއްގެތެރޭގައި އެކަމަށް ޚާއްޞަ ސޮފްޓްވެއަރއެއް ތައްޔާރުކުރެވި، ދައުލަތުގެ ހުރިހާ އިދާރާތަކުން މަޢުލޫމާތު ލިބޭނެ ނިޒާމެއް ހަމަޖެހުނުކަމަށްވެސް އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާން ވިދާޅުވިއެވެ. 

 

 

މި ލިޔުން ކިޔާލުމުން

Ads by Stelco