Ads by Farudhun

ޚަބަރު

ލ. ހިތަދޫ ކޯޒްވޭގެ އަމަލީ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށް: 2028 އަށް ނިންމަނީ

ލ. ހިތަދޫ ކޯޒްވޭގެ އަމަލީ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށް: 2028 އަށް ނިންމަނީ

ލ.ހިތަދޫ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ޖުލައި 2026، 11:45

13 ޖުލައި 2026، 11:45

ލ. ހިތަދޫ ރައްޔިތުން އެތައް ދުވަހަކު ކުރި އިންތިޒާރަށް ނިމުމެއް އަންނާނެ އުއްމީދީ ތާރީޚު، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު އިއުލާނު ކުރައްވައިފިއެވެ.

 ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، 2028 ވަނަ އަހަރުގެ މެދުތެރެއާ ހިސާބަށް ދާއިރު ކޯޒްވޭގެ މަސައްކަތް ނިންމައި އާންމުންނަށް ބޭނުންކުރެވޭވަރު ވާނެ ކަމަށެވެ.

މި މަޝްރޫޢުގެ ތާރީޚަށް ބަލާއިރު، ޖެނުއަރީ 2023 ގައި އެއްބަސްވުމުގައި ސޮއިކުރެވުނު ނަމަވެސް، އޭރު ކުރިއަށްދިޔަ ސަރވޭތަކާއި ބޯހޯލްގެ މަސައްކަތްތައް ހުރީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢުގެ ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަނާއި ޑިޒައިނަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް ގެނެސް، އަމަލީ މަސައްކަތް ހަލުވިކަމާއެކު ފަށާފައިވަނީ މި ސަރުކާރުންނެވެ.

 

މަޝްރޫޢުގެ ފަންނީ ތަފްސީލް

 
81 މިލިއަން ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢުގައި ހިމެނެނީ:

  • 157.5 މީޓަރުގެ ދިގު ދެ ބްރިޖް
  • 714 މީޓަރުގެ ދިގު މަގެއް
  • 390 މީޓަރުގެ ރިވެޓްމެންޓް

ވަޒީރު ވިދާޅުވީ މިހާރު ކުރިއަށްދަނީ ބްރިޖުގެ މަސައްކަތަށް ބޭނުންވާ އެލްބްލޮކްތައް ކާސްޓްކުރުމުގެ މަރުހަލާ ކަމަށެވެ. 

"ސަރުކާރުން އެދޭހާ ބާރުމިނުގައި މަސައްކަތް ނުދޭ. ކުރީ ސަރުކާރުން ސޮއިކޮށްފަ ހުރި 40 ވަރަކަށް ބިލިއަން ރުފިޔާގެ މަޝްރޫޢު ހުރި،" މާލީ ގޮތުން ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވިއެވެ.

ނަމަވެސް ދައުލަތުގެ ބަޖެޓަށް ނުކަތާވަރަށް ކުރީ ސަރުކާރުން މަޝްރޫޢުތަކުގައި ސޮއިކޮށްފައި އޮތް ނަމަވެސް، މިހާރު މަސައްކަތް ކުރަމުންދަނީ ހުރިހާ މަޝްރޫޢެއްވެސް ނިންމޭނެ ފަދަ ހަރުދަނާ ޝެޑިއުލެއްގެ ދަށުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢަކީ 20 އޮކްޓޯބަރ 2025 ގައި އަމަލީ މަސައްކަތް ފަށައި، 500 ދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވާ މަޝްރޫޢެކެވެ. މީގެ ސަބަބުން ލ. އަތޮޅުގެ ގުޅުންތަކަށް ބޮޑު ލުޔެއް ލިބި، އިޤްތިޞާދީ ގޮތުންވެސް ހިތަދޫ ރައްޔިތުންނަށް ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450