Ads by Farudhun

ޚަބަރު

އައްޑޫ ލިންކްރޯޑަކީ ސަރުކާރުން ޚާއްޞަ އިސްކަމެއްދޭ މަޝްރޫއެއް: ވަޒީރު މުއްޠަލިބް

އައްޑޫ ލިންކްރޯޑަކީ ސަރުކާރުން ޚާއްޞަ އިސްކަމެއްދޭ މަޝްރޫއެއް: ވަޒީރު މުއްޠަލިބް

ވަޒީރު މުއްޠަލިބް މަޖިލީހުގައި. ފޮޓޯ: މަޖިލިސް އިދާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ޖުލައި 2026، 12:49

13 ޖުލައި 2026، 12:49

އައްޑޫ ސިޓީގެ ލިންކް ރޯޑް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތަކީ ސަރުކާރުން ޚާއްޞަ އިސްކަމެއްދޭ މަޝްރޫއެއްކަމަށާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކުރެވިގެން އެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް މަޖިލީހަށް ހާޒިރުވެވަޑަައިގެން، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ލިންކް ރޯޑު ހެދުމުގެ އެންމެ ފަހުގެ އަދާހަމަ ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، މިހާރު ކުރެވެމުންދަނީ ދެ ލޭނަށް އޮތް ބައެއް ސަރަހައްދުތައް ހަތަރު ލޭނަށް ބަދަލުކުރުމުގެ މަސައްކަތްތައް ކަމަށެވެ.

މަޝްރޫއުގެ ތަރުތީބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "ވަރަށް ކާރުބާރު ބޮޑު އެހެން ޑައިވާޝަން މަގެއް ނެތް ތަންތަންހުރި މަގެއް އައްޑޫ ލިންކް ރޯޑަކީ، އެހެންވީމަ މަގު ހެދުމުގައި ވިސްނާލަން ޖެހޭނެ އެއްފަރާތް ހަދާފައި ހުޅުވާފައި އަނެއް ފަރާތް ހަދަން، އެގޮތުން ފުޅާކުރާ ސަރައްހަދު ސާފުކޮށްފައި އެންމެ އިސްކަމެއްދޭނީ ކެރިއޭޖްވޭގެ މަސައްކަތް ކުރުމަށް" ކަމަށެވެ. ސައިޑްވޯކްގެ މަސައްކަތް ކުރިއަށްދާނީ ކެރިއޭޖްވޭގެ މަސައްކަތް ނިމުމުން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އައްޑޫ ލިންކް ރޯޑުގެ މަސައްކަތަކީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަޝްރޫއެއްކަން ފާހަގަކުރައްވައި، އިއްޔެވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް މި މަޝްރޫއު ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މަޝްރޫއުގެ މަސައްކަތް ވީހާވެސް އަވަސްކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން އައްޑޫ ލިންކް ރޯޑާއި އެ މަގާ ގުޅިފައިވާ މަގުތަކާއި ފެން ހިންދާ ނިޒާމު ގާއިމްކުރުމަށް އާރުޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން ހަދަންޖެހޭ ބަންޑް ވޯލްގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ.

ޖުމްލަ 67.58 ކިލޯމީޓަރުގެ ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު ނުވަތަ ގައު އެޅުމާއި، ފޭދޫގައި ފެން ހިންދާ ނިޒާމު ގާއިމްކުރުމުގެ އިތުރުން، ދުވާރުތައް ހެދުމާއި މަގުމަތީގެ ނިޝާންތައް ހަރުކުރުން މި މަޝްރޫއުގެ ދާއިރާގެ ތެރޭގައި ހިމެނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450