Ads by Farudhun

ޚަބަރު

ޕީއެންސީ އެތެރޭގެ އިންތިޚާބުގައި ހިނގި މާރާމާރީއާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި

ޕީއެންސީ އެތެރޭގެ އިންތިޚާބުގައި ހިނގި މާރާމާރީއާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި

ހޮނިހިރު ދުވަހު ކުރިޔަށްދިޔަ ޕީއެންސީގެ އިންތިޚާބު / ފޮޓޯ: ޕީއެންސީ

farudhun logo

ފަރުދުން

13 ޖުލައި 2026، 12:51

13 ޖުލައި 2026، 12:51

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދިޔަ ވަގުތު ހިނގި މާރާމާރީއާ ގުޅިގެން އިތުރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އަލަށް ހައްޔަރުކޮށްފައިވަނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

މި މައްސަލައާ ގުޅިގެން އާދީއްތަ ދުވަހުގެ ކުރީކޮޅުވެސް ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 23 އަހަރާއި 24 އަހަރުގެ ދެ ދިވެހި ފިރިހެނުންނެވެ. މިއާއެކު މި މައްސަލައިގައި މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހުންގެ ޖުމުލަ އަދަދު ވަނީ ތިނަކަށް އަރާފައެވެ.

ފުލުހުން ތަޙުޤީޤު ކުރަމުންދަނީ، އިންތިޚާބު ކުރިއަށްދިޔަ ސްކޫލަށް ބަޔަކު ވަދެ، އެތަނުގެ މުދަލަށް ގެއްލުންދީ، އެ ވަގުތު އެތަނުގައި ތިބި މީހުންނާ މެދު މާރާމާރީ ހިންގާފައިވާ މައްސަލައެކެވެ. މި ހާދިސާ ހިނގާފައިވަނީ ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދިޔަ ވަގުތުގައެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަޙުޤީޤު ކުރަމުންދާއިރު، މާރާމާރީ ހިންގުމުގެ ސަބަބުން ބައެއް މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450