Ads by Farudhun

ޚަބަރު

ބަހުރެއިނަށް ކަނޑައަޅާ ސަފީރަކަށް ސަރީރު އައްޔަނުކުރުން ދިރާސާކުރުމަށް ކޮމެޓީއަށް

ބަހުރެއިނަށް ކަނޑައަޅާ ސަފީރަކަށް ސަރީރު އައްޔަނުކުރުން ދިރާސާކުރުމަށް ކޮމެޓީއަށް

އަހްމަދު ސަރީރް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ޖުލައި 2026، 01:29

13 ޖުލައި 2026، 01:29

ދިވެހިރާއްޖެއިން ބަހުރެއިނަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރަކަށް އަޙްމަދު ސަރީރު އައްޔަންކުރުން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފިވެ.

މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅު މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ އިއްވާފައެވެ. އަޙްމަދު ސަރީރު މިހާރު ހުންނެވީ ސައުދި އަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައެވެ. މީގެ އިތުރުން އޭނާއަކީ މޮރޮކޯއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުވެސްމެއެވެ.

އަޙްމަދު ސަރީރަކީ 1986 ވަނަ އަހަރުން ފެށިގެން ހާރިޖީ ދާއިރާގައި މަސައްކަތްކުރައްވަމުން ގެންދަވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ ދިވެހި ހާރިޖިއްޔާގެ އިސް ގިނަ މަގާމުތަކެއް ފުރުއްވާފައެވެ. އޭގެ ތެރޭގައި ހާރިޖީ ވުޒާރާގެ ފޮރިން ސެކްރެޓަރީގެ މަގާމާއި، އދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ޕާމަނަންޓް ރެޕްރެޒެންޓެޓިވްގެ މަގާމު ހިމެނެއެވެ.

މީގެ އިތުރުން، އެމެރިކާއަށާއި ބަންގްލަދޭޝަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމާއި، ސާކްގެ އިސް މަގާމުތަކެއްވެސް ސަރީރު ވަނީ ފުރުއްވާފައެވެ. ސައުދި އަރަބިއްޔާގެ ސަފީރުކަމަށް އޭނާ އައްޔަނުކުރެއްވީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

ތައުލީމީ ދާއިރާއަށް ބަލާއިރު، ސަރީރު ވަނީ އޮސްޓްރޭލިއާގެ ކެންބެރާ ޔުނިވާސިޓީން ސޯޝަލް ސައިންސަސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީން ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450