Ads by Farudhun

ޚަބަރު

އެފްއެސްއެމްގެ ބާޖުތަކުގައި ތެލުގެ މިންވަރު ބަލާ ސިސްޓަމް ހަރުކުރަނީ

އެފްއެސްއެމްގެ ބާޖުތަކުގައި ތެލުގެ މިންވަރު ބަލާ ސިސްޓަމް ހަރުކުރަނީ

މި މަސައްކަތުގެ ތެރެއިން. ފޮޓޯ: ޕީއެސްއެމް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

13 ޖުލައި 2026، 02:23

13 ޖުލައި 2026، 02:23

ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެން) އިން، އެ ކުންފުނިން ދެމުންގެންދާ ކަނޑުމަތީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އެ ކުންފުނީގެ ތެޔޮ އުފުލާ ބާޖުތަކުގައި އޮޓޮމެޓިކް ޓޭންކް ގޭޖިންގ ސިސްޓަމް (އޭޓީޖީ) ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިކަން ހާމަކޮށް އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވަނީ، މިއީ މިފަދަ ސިސްޓަމެއް އެ ކުންފުނީގެ ތެޔޮ އުފުލާ އުޅަނދުފަހަރެއްގައި ހަރުކުރާ ފުރަތަމަ ފަހަރުކަމަށެވެ.

އަދި މި ސިސްޓަމް ހަރުކުރުމުގެ ސަބަބުން، މެދުކެނޑުމެއްނެތި،  ސައްހަކޮށް ޓޭންކުތަކުގައި ތެޔޮހުރި މިންވަރު ބެލޭނެގޮތުގެ މަގު ފަހިވެގެންދާނޭކަމަށް، އެފްއެސްއެމްއިން ބުނެއެވެ. 



އަދި ހަމައެހެންމެ، ކުންފުނީގެ އޮޕަރޭޝަންތައް މީގެ ސަބަބުން، ރައްކާތެރިކަމާއި ހަރުދަނާކުރެވި، ތެޔޮ ފޯރުކޮށްދިނުމުގައި އެ ކުންފުނިން ކުރަމުންއަންނަ މަސައްކަތްތައް އިތުބާރާއި ރައްކާތެރިކަމާއެކު ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދެވޭނެކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެ ކުންފުނިން މި މަޝްރޫޢު ފާހަގަކޮށްފައިވަނީ، ކުންފުނީގެ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް އަދި ޓެކްނޮލޮޖީގެ އެހީގައި މަސައްކަތްތައް އަވަސްކަމާއެކު ފަސޭހައިން ލިބޭނެގޮތް ހެދުމަށް ކުރެވިގެންދާ މުހިންމު މަސައްކަތެއްގެ ގޮތުގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450