ޚަބަރު
ވިލުންވެށި ގްރާންޓާ ގުޅޭ މައުލޫމާތު ސެޝަނެއް ޖުލައި 14 ގައި ބާއްވަނީ
ވެލާނާ ބިލްޑިންގް - ފޮޓޯ: ޕީއެސްއެމް
"ވިލުންވެށި" ގްރާންޓަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވާރަމެނޓް އެންޑް އެނާޖީ އިން ނިންމައިފިއެވެ.
މި ސެޝަނަކީ ވިލުންވެށި ގްރާންޓްގެ ފުރުސަތުތަކާ ބެހޭގޮތުންނާއި، އެ ފުރުސަތުތަކަށް އެދި ފޯމު ހުށަހަޅާނެ ގޮތުގެ ތަފްސީލު ގޮތެއްގައި މައުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ ސެޝަންތަކުގެ ތެރެއިން ފުރަތަމަ ސެޝަނެވެ. މި ސެޝަން އޮންނާނީ 14 ޖުލައި 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އިން މެންދުރު 12:00 އަށް "މައިކްރޯސޮފްޓް ޓީމްސް" މެދުވެރިކޮށް އޮންލައިންކޮށެވެ.
Are you interested in learning more about the VilunVeshi Grant and how to apply?
— Min. of Climate Change, Environment and Energy, MV (@MoEnvmv) July 13, 2026
Don't miss the first session of the VilunVeshi Grant Information Session Series, designed specifically for individuals interested in accessing grant opportunities.
📅 Date: 14 July 2025
🕚 Time:… pic.twitter.com/nre5IWxgOQ
މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ގްރާންޓަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ، ހުރި ފުރުސަތުތަކާ ގުޅޭގޮތުން އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދިނުމެވެ. މިއީ މި ދާއިރާއިން އެހީތެރިކަން ހޯދުމަށް ބޭނުންވާ އަމިއްލަ ފަރުދުންނާއި ޖަމިއްޔާތަކަށް ލިބިގެންދާ ރަނގަޅު ފުރުސަތެކެވެ.
މި ސެޝަނުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކުރިން ރަޖިސްޓްރީ ކުރަން ޖެހެއެވެ. ރަޖިސްޓްރީ ކުރުމަށްޓަކައި ކަނޑައެޅިފައިވާ ލިންކު (https://events.teams.microsoft.com/event/5f196e26-52b8-49fb-b887-d7d48ea46343@8fb6cceb-c659-45ab-83a0-e75ea0a6d5af) މެދުވެރިކޮށް ނުވަތަ ކިއުއާރް ކޯޑު ސްކޭން ކޮށްގެން ފޯމު ފުރިހަމަކުރެވޭނެއެވެ.
ވިލުންވެށި ގްރާންޓަކީ މުޖުތަމައުގެ ކުރިއެރުމަށާއި ތިމާވެށީގެ ރައްކާތެރިކަމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ދެވޭ ފުރުސަތެކެވެ. އެހެންކަމުން، މި ދާއިރާއިން މަސައްކަތްކުރާ ވީހާވެސް ގިނަ ފަރާތްތަކަކުން މި ސެޝަނުގައި ބައިވެރިވުމަކީ ބޭނުންތެރި ކަމެކެވެ.