ޚަބަރު
މާފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 75 އިންސައްތަ ނިމިއްޖެ
މި މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
ކ. މާފުށީ ބަނދަރު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށް ޓަކައި ކުރާ މަސައްކަތުގެ ތެރެއިން މިހާރުވަނީ %75 ނިމިފައިކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިކަން ހާމަކުރައްވާ އެމްޓީސީސީއިން ވިދާޅުވީ، މިހާރު އެ ސަރަހައްދުގައި ކުރިއަށްދަނީ ބޭރު ތޮށިލުމުގެ މަސައްކަތްތައް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، ބަނދަރުގެ އެއްގަމު ވާޓަރުގެ %100 މަސައްކަތް ނިމިފައިވާކަމަށް ޢިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ކުރިން ހާމަކޮށްފައިވެއެވެ.
Project Update: Design and Build of K. Maafushi Harbor Upgrade
— MTCC Plc (@MTCCPlc) July 14, 2026
Submerged breakwater works are ongoing. Overall project progress is 75%.
Follow more updates at: https://t.co/SfVAzkW2pp#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/v5pYbb9nD9
ކ. މާފުއްޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރިކުރާ ރަށްކަމަށްވާއިރު، ކޮންމެ ދުވަހަކު އެ ރަށަށް އަންނަ އެތައްބަޔަކު އަންނަމުން ދިއުމާއި ގުޅިގެން، އެ ރަށަކީ ބަނދަރުގެ ޖާގައިގެ ދަތިކަން ބޮޑު ރަށެކެވެ. މި ކަން ހައްލުކުރުމަށް ސަރުކާރުން 374 މީޓަރުގެ ބަނދަރެއް އެ ރަށުގައި ހެދުމަށް އެމްޓީސީސީއާ ވަނީ ޙަވާލުކޮށްފައެވެ.
މި މަޝްރޫއަށް 76.48 މިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، މިއީ ސަރުކާރުން ރައްޔިތުން އެންމެ ބޮޑަށް އެދޭ ކަންކަމަށް އިސްކަންދީގެން މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ދެއްވާ ސަމާލުކަން ފާހަގަވެގެންދާ ކަމެއްކަމަށް، އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.