Ads by Farudhun

ޚަބަރު

ވަޒީފާގެ މައިދާނަށް ދަރިވަރުންގެ ޝައުޤުވެރިކަން އިތުރުކުރުމަށް ހިންނަވަރު ސްކޫލްގައި ކެރިއަރ އެކްސްޕޯއެއް ބާއްވައިފި

ވަޒީފާގެ މައިދާނަށް ދަރިވަރުންގެ ޝައުޤުވެރިކަން އިތުރުކުރުމަށް ހިންނަވަރު ސްކޫލްގައި ކެރިއަރ އެކްސްޕޯއެއް ބާއްވައިފި

"ޅައެތުމާ ކެރިއަރ އެކްސްޕޯ 2026" ގެ ތެރެއިން / ފޮޓޯ: ޅ. އ.ތ.މ.

farudhun logo

ފަރުދުން

14 ޖުލައި 2026، 10:48

14 ޖުލައި 2026، 10:48

ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންން، މުސްތަޤުބަލުގައި ތަޢުލީމީ އަދި ވަޒީފާގެ ދާއިރާތައް އިޚްތިޔާރުކުރުމަށް އެހީތެރިވުމުގެ މަޤްޞަދުގައި ބޭއްވި "ޅައެތުމާ ކެރިއަރ އެކްސްޕޯ 2026" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރިއަށްދިޔަ މި އެކްސްޕޯގައި އެ ސްކޫލްގެ ގްރޭޑް 8، 9 އަދި 10 އެއްގައި ތަޢުލީމު ހާސިލުކުރަމުންދާ 65 ދަރިވަރުން ބައިވެރިވިއެވެ. 

މި އެކްސްޕޯ ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ހިންނަވަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ޢަބްދުއްރަޙްމާނެވެ. މި ރަސްމިއްޔާތުގައި ހިންނަވަރުގެ ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންނާއި، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ ރީޖަނަލް މެނޭޖަރު މިޝްއަލް ބައިވެރިވެވަޑައިގެންނެވިއެވެ.

އެކްސްޕޯ ރަސްމީކޮށް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު / ފޮޓޯ: ޅ.އ.ތ.މ.

މި ހަރަކާތުގެ ތެރެއިން އެކި ދާއިރާތަކުގެ މަސައްކަތްތަކާއި ތަޢުލީމީ ފުރުޞަތުތައް ދައްކައިދޭ ސްޓޯލްތައް ވަނީ ގާއިމުކޮށްފައެވެ. މި ސްޓޯލްތަކުން ދަރިވަރުންނަށް އެކި ކޯސްތަކާ ބެހޭ މަޢުލޫމާތާއި، ވަޒީފާގެ ޝަރުތުތަކާ ގުޅޭ މަޢުލޫމާތާއި، އެކި ވަޒީފާތަކާ ގުޅޭ ތަޢުލީމީ ދާއިރާތަކުގެ އިތުރުން، މުސާރަ އާއި ކުރިއަށްދާނެ ރާސްތާތަކާ ބެހޭ މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ. މަޢުލޫމާތު ފޯރުކޮށްދިނުމުގައި ޕޯސްޓަރު، ބްރޯޝާ، މޮޑެލް އަދި މަލްޓިމީޑިއާ ޕްރެޒެންޓޭޝަންތައް ބޭނުންކޮށްފައިހުއްޓެވެ.

"ޅައެތުމާ ކެރިއަރ އެކްސްޕޯ 2026" ގެ ތެރެއިން / ފޮޓޯ: ޅ. އ.ތ.މ.

ސްކޫލުން މަޢުލޫމާތު ދޭ ގޮތުގައި، މި އެކްސްޕޯގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުން މުސްތަޤުބަލާމެދު ހޭލުންތެރިކުރުވައި، މަތީ ތަޢުލީމުގެ ފުރުޞަތުތައް އޮޅުންފިލުވައިދިނުމެވެ. އަދި މިއީ ދަރިވަރުންގެ މެދުގައި އުފެއްދުންތެރިކަމާއި، އެކަކު އަނެކަކުގެ ކިބައިން އުނގެނުމުގެ ރޫޙު އާލާކުރުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450