Ads by Farudhun

ޚަބަރު

ކުޑަރިކިލުގައި ޤާއިމުކުރާ އައިސް ޕްލާންޓް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ނިމޭނެ: ވަޒީރު ޝިޔާމް

ކުޑަރިކިލުގައި ޤާއިމުކުރާ އައިސް ޕްލާންޓް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ނިމޭނެ: ވަޒީރު ޝިޔާމް

ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް. ފޮޓޯ: މަޖިލިސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

14 ޖުލައި 2026، 12:27

14 ޖުލައި 2026، 12:27

ބ. ކުޑަރިކިލުގައި ޤާއިމުކުރާ އައިސް ޕްލާންޓްގެ މަސައްކަތް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ނިންމާ އެ އައިސްޕްލާންޓް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާލުވެއްޖެއެވެ.

ވަޒީރު މި ގޮތަށް ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ބ. ކުޑަރިކިލުގައި އައިސްޕަލާނޓެއް ޤާއިމުކުރުމަށް ތާވަލުކުރެވިފައިވާއިރު، އެ ކަމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ތާރީޚު އޮޅުން ފިލުއްވުމަށް، ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ބ. ކުޑަރިކިލަކީ ގިނަ ފަރުމަސްވެރިން ހަރަކާތްތެރިވާ ރަށެއް ކަމަށާއި، ފަރުމަސްވެރިންނަށް ހާއްސަކޮށް އައިސް ޕްލާންޓެއް ގާއިމްކޮށްދިނުމަކީ، ފަރުމަސްވެރިންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިލެއްވި ވަރަށް ހާއްސަ ރިކުއެސްޓެއް ކަމަށެވެ.

އަދި މިހާރު އެ އައިސްޕަލާންޓް ގާއިމުކުރުމަށް ޓަކައި ވަނީ ކޮންޓްރެކްޓެއްގައި ސޮއިކުރެވި، ޕްރައިވެޓް ކުންފުންޏަކާ މަސައްކަތް ހަވާލުކުރެވިފައި ކަމަށެވެ. ކުރިއަށް އޮތް ދެ ހަފްތާ ދުވަހުގެ ތެރޭގައި މި މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން ކޮންޓްރެކްޓަރ ދެއްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

"އިރާދަކުރެއްވިއަޔް އަޅުގަނޑުމެން މި ބަލަނީ ކުރިއަށް އޮތް 6 މަސް ދުވަސް ތެރޭގަ އެ މަސައްކަތް ނިންމާ އެ އައިސްޕްލާންޓް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް"

 ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވަނީ، މި ސަރުކާރު ވެރިކަމަށް އައި އިރު މަސްވެރިންނަށް އައިސް ލިބުމަށްހުރި ގޮންޖެހުންތައް ވަރަށް ގިނަކަން ފާހަގަކުރައްވާފައެވެ. އެކަމުގެ އެއް ސަބަބަކީ ކުރީގެ ސަރުކާރުން މިފްކޯގެ ދަށުން ހިންގަމުންދިޔަ 22 އައިސް ޕްލާންޓެއް ފެނަކައަށް ބަދަލުކުރެވިގެން ދިޔަދިޔުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ސަރުކާރު ވެރިކަމަށް އައިއިރު އެ 22 އައިސް ޕްލާންޓުގެ ތެރެއިން ދެބައިކުޅަ އެއްބައި އައިސްޕްލާންޓް މަސައްކަތްނުކުރާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތަށް އޮތް ގޮންޖެހުންތައް ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ރާއްޖޭގައި މޫސުމީ މަސްވެރިކަމެއް ކުރަމުންދާއިރު، އައިސް ނުލިބުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި މަސް ގަނެ ރައްކާތެރި ކުރެވޭނެ ގޮތެއް ނެތުމުގެ ސަބަބުން ބޭރުގެ ބާޒާރުތަކުގަ މަހަށް ހަމައަގު ލިބުމަށް ދިމާވާ ގޮންޖެހުންތަކާއި، މަސް ޕްރޮސެސް ކުރެވޭނެ ކެޕޭސިޓީ ރާއްޖޭގައި ނެތް ކަމުގެ މައްސަލަ ވެސް ވަޒީރު ފާހަގަކުރެއްވިއެވެ. 

މި ގޮންޖެހުންތައް ހައްލުކުރުމަށް ޓަކައި ރައީސްގެ މެނިފެސްޓޯ ތަންފީޒުކުރަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450