Ads by Farudhun

ޚަބަރު

މިދިޔަ ހަފުތާގައި އިތުރު 23 މީހަކަށް ހިމަބިހި ޖެހިފައިވޭ: އެޗްޕީއޭ

މިދިޔަ ހަފުތާގައި އިތުރު 23 މީހަކަށް ހިމަބިހި ޖެހިފައިވޭ: އެޗްޕީއޭ

ހިމަބިހީގެ ކޭސްތައް އިތުުރުވަނީ ޓެސްޓުކުރާ މިންވަރު އިތުރުވާތީ ކަމަށް ވުޒާރާއިން ބުނެފައިވޭ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ޖުލައި 2026، 01:32

14 ޖުލައި 2026، 01:32

މިދިޔަ ހަފުތާގެ ތެރޭގައި ރާއްޖެއިން އިތުރު 23 މީހަކަށް ހިމަބިހި (މީސްލްސް) ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. މި އާ ކޭސްތަކާއެކު، މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 144 އަށް އަރާފައެވެ.

މީގެ ނުވަ އަހަރު ކުރިން ރާއްޖެއިން މުޅިން ނައްތާލާފައިވާ މި ބަލި އަލުން ފެންނަން ފެށީ މިދިޔަ މޭ މަހުގެ ތެރޭގައެވެ. އޭގެ ފަހުން ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، އިންޑިއާ ސަރުކާރުން ވަނީ 20,000 ޑޯޒްގެ ހިމަބިހި ވެކްސިނާއި ތިން ޓަނުގެ ސިއްހީ ސާމާނު ރާއްޖެއަށް ހަދިޔާކޮށްފައެވެ.

ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ ޚާއްސަ ޕްރޮގްރާމެއް މިހާރު ކުރިއަށްދާއިރު، އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް 7،100 މީހަކަށް ވަނީ ވެކްސިން ދީފައެވެ. ސިއްހީ އިދާރާތަކުން އަންނަނީ ބަލި ފެތުރުން ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

މި ބަލި ފެތުރުން ކޮންޓްރޯލް ނުކުރެވޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން، ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވީ "ހިމަބިއްސަކީ ރާއްޖޭގައި އާދަޔާ ހިލާފަށް ފެތުރެމުންދާ ނޫނީ ބަލި ކޮންޓްރޯލް ނުކުރެވިގެން އުޅޭ ބައްޔެއް ނޫން" ކަމަށެވެ. ވަޒީރު އިތުރަށް ވިދާޅުވީ މިއީ ކުރު މުއްދަތެއްގެ ތެރޭގައި ގައިން ގަޔަށް އަރާ ބައްޔަކަށް ވެފައި، ބަލި ފަސޭހަވާން ނަގާ މުއްދަތު ވެސް ކުރުވާނެ ކަމަށެވެ.

ހިމަބިއްސަކީ "މީސްލްސް ވައިރަސް" ގެ ސަބަބުން ޖެހޭ، ވައިގެ ޒަރިއްޔާއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. ބަލިޖެހިފައިވާ މީހަކު ކެއްސައި ކިނބިހި އެޅުމުގެ ތެރޭގައި ވައިރަސް ބޭރުވެ، އެހެން މީހުންގެ ހަށިގަނޑަށް ވާސިލުވެއެވެ. ސިއްހީ މާހިރުން ބުނާ ގޮތުގައި ބަލި ޖެހިފައިވާ މީހަކާއެކު އުޅޭ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު 90 އިންސައްތައަށް އޮވެއެވެ.

ބަލިން ރައްކާތެރިވުމަށް އޮތް އެންމެ މުހިންމު ފިޔަވަޅަކީ ވެކްސިން ފުރިހަމަކުރުން ކަމަށްވާތީ، ވީހާވެސް އަވަހަށް ވެކްސިން ޑޯޒްތައް ފުރިހަމަކުރުމަށް ސިއްހީ ތަޖުރިބާކާރުން އަންނަނީ އިލްތިމާސްކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450