Ads by Farudhun

ޚަބަރު

މީޑިއާ ވިލެޖްގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމުމަށް އެޗްޑީސީއިން އަމާޒުހިފައިފި

މީޑިއާ ވިލެޖްގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމުމަށް އެޗްޑީސީއިން އަމާޒުހިފައިފި

ހުޅުމާލެ ފޭސް އެކެއްގައި ހުންނަ "މެންހެޓަން ގްރޭންޑް ހޮޓެލް"

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ޖުލައި 2026، 02:30

14 ޖުލައި 2026، 02:30

ހުޅުމާލެ ފޭސް އެކެއްގައި ހުންނަ "މެންހެޓަން ގްރޭންޑް ހޮޓެލް" ގެ ގްރައުންޑް ފްލޯގައި ތަރައްޤީކުރަމުންދާ މީޑިއާ ވިލެޖްގެ މަސައްކަތްތައް މި މަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމަކީ އަމާޒެއް ކަމަށް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.

 މި މަޝްރޫއަކީ ރާއްޖޭގެ މީޑިއާތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

އެޗްޑީސީން މިއަދު ވިދާޅުވީ، މީޑިއާ ވިލޭޖްގެ އެންމެ ފަހުގެ ފިނިޝިން މަސައްކަތްތައް މިވަގުތު ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ. "އަމާޒަކީ، މިމަހުގެ ނިޔަލަށް މީޑިއާ ވިލޭޖްގެ މަސައްކަތް އެއްކޮށް ނިންމާލުން،" އެ ކުންފުނިން ވިދާޅުވިއެވެ. މީޑިއާ ވިލެޖް ހެދުމަށް އެޗްޑީސީން އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއެވެ.

މީޑިއާ ވިލެޖް ތަރައްގީކުރާ އިމާރާތަކީ ގިނަ ދުވަސްތަކެއް ވަންދެން ބޭނުންނުކޮށް ހުރި ތަނެކެވެ. މި އިމާރާތަކީ އެސްޓީއޯ އިން 2007 ވަނަ އަހަރު ހުޅުމާލެއިން ހޯދި ބިމެއްގައި، 2011 ވަނަ އަހަރު "ރެޑިސަން ބްލޫ ހޮޓެލް" ގެ ނަމުގައި ތަރައްގީކުރަން ފެށި ތަނެކެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މަސައްކަތް ހުއްޓި، 17 އަހަރު ވަންދެން ބޭނުންނުކޮށް ހަލާކުވާން ދޫކޮށްލާފައި އޮތުމަށްފަހު، މި އިމާރާތް ބޭނުންކުރެއްވުމަށް ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ މީޑިއާތަކުން އަމިއްލަ ފަރާތްތަކުގެ އިމާރާތްތަކުން ބޮޑު ކުލީގައި އޮފީހާއި ސްޓޫޑިއޯ ޖާގަ ހޯދުމަށް ކުރަންޖެހޭ ހޭދަ ކުޑަކޮށްދިނުމެވެ. މީޑިއާ ވިލެޖްގެ ސަބަބުން މާލީ ދަތިތަކުން އަރައިގަނެ، ލިބޭ އާމްދަނީން މީޑިއާތައް އިތުރަށް ތަރައްގީކުރުމަށް މަގުފަހިވެގެންދާނެއެވެ.

މީޑިއާ ވިލެޖުގައި ޖުމްލަ 34 ޖާގަ ހިމެނޭއިރު، އެތަނުން ވަރަށް ކުޑަ އަގެއްގައި އޮފީސް އަދި ސްޓޫޑިއޯ ޖާގަ ކުއްޔަށް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މި މަސައްކަތް ނިމުމާއެކު، ރާއްޖޭގެ މީޑިއާ ދާއިރާއަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450