Ads by Farudhun

ޚަބަރު

މަސްގަންނަން މިފްކޯއަށް ދެމުން އައި ސަބްސިޑީ ސަރުކާރުން ހުއްޓާލައިފި: ވަޒީރު ޝިޔާމް

މަސްގަންނަން މިފްކޯއަށް ދެމުން އައި ސަބްސިޑީ ސަރުކާރުން ހުއްޓާލައިފި: ވަޒީރު ޝިޔާމް

ވަޒީރު ޝިޔާމް މަޖިލީހުގައި. ފޮޓޯ: މަޖިލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ޖުލައި 2026، 04:18

14 ޖުލައި 2026، 04:18

މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކޮށް، ދައުލަތުގެ މާލީ ނިޒާމަށް ބުރަ ނުވާނޭހެން ކަންކަން ތަރުތީބުކުރުމަށް ސަރުކާރުން ފަށާފައިވާ އިސްލާހީ ފިޔަވަޅުތަކުގެ ދަށުން، މަސް ގަތުމަށް މިފްކޯއަށް ދެމުން އައި ސަބްސިޑީ އެއްކޮށް ހުއްޓާލާފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، މީގެ ކުރިން މަސްވެރިކަމުގެ ސިނާއަތް ހިންގަމުން އައީ ސިޔާސީ މަގުސަދުތަކަށް އިސްކަންދީގެން ކަމަށެވެ. އެގޮތުން، ކުރީ ސަރުކާރުން މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބަދަލުކުރުމާ ގުޅިގެން، ކޮންމެ ކިލޯއަކަށް ދައުލަތުން 13 ރުފިޔާގެ ރޭޓުން މިފްކޯއަށް ސަބްސިޑީ ދޭންޖެހުނު ކަމަށާއި، މީގެ ސަބަބުން އަހަރަކު ބިލިއަނުން ރުފިޔާ ދައުލަތުން ޚަރަދުކުރަން ޖެހުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެން އެންމެން އެބަ ގަބޫލުކުރަން، ހުރިހާ ރައީސުން އެބަކިޔާ ދިވެހިރާއްޖޭގެ މަހަށް އާމްދަނީ އިތުރު ކުރެވޭނީ މަހަށް އަގު އެއްކޮށްގެން ބޭރު ކުރީމަކަން، އެކަމަކު އެކަކުވެސް ނުވޭ އެކަން ކޮށްގެންނެއް، ހަމަ ސިޔާސީ ގޮތުން ވޯޓު ހޯދުމަށްޓަކައި ސަބްސިޑީ ދީދީ މި ތިބެނީ، އަޅުގަނޑަށް މިއަދު ދަންނަވަން ކެރޭ އިނގޭތޯ އަޅުގަނޑުމެން މިހާރު މިފްކޯއަކަށް މަސްގަންނާކަށެއް ސަރުކާރުން އެންމެ ރުފިޔާއެއްވެސް ނުދެން.

ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ވޭތުވެދިޔަ 40 އަހަރު ދުވަހު ފެލިވަރު މަސް ފެކްޓްރީއަށް އެކަނި ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް، ރާއްޖޭގެ މަސް ބޭރުކުރާ ކެޕޭސިޓީ އިތުރުކުރުމަށް ކުރީގެ ސަރުކާރުތަކުން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. އަދި ދިވެހި މަހަށް ލިބޭ އާމްދަނީ އިތުރުކުރެވޭނީ މަހަށް އަގު އެއްކޮށްގެން (ވެލިއު އެޑް ކޮށްގެން) ބޭރުކޮށްގެން ކަމަށް ހުރިހާ ވެރިންވެސް ވިދާޅުވި ނަމަވެސް، އަމަލީ ގޮތުން އެކަން ކުރެވިފައި ނުވާކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މިހާރު މިފްކޯގެ ހިންގުން ހަރުދަނާކޮށް، ސަރުކާރުގެ އައު ސިޔާސަތުތަކާއެކު އެ ކުންފުންޏަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، ސަބްސިޑީއާ ނުލައި މަސްގަނެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކުންފުންޏަކަށް ބަދަލުކުރެވިފައިވާ ކަމަށެވެ. މިއީ މަސްވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450